ކުޅިވަރު

ނިއުކާސަލްގެ ކޯޗް ކަމަށް ބެނިތޭޒް ހަމަޖައްސައިފި


ނިއުކާސަލް ޔުނައިޓެޑްގެ ކޯޗް ކަމަށް ރަފާ ބެނިތޭޒް ހަމަޖައްސައިފިއެވެ. ރެއާލްމެޑްރިޑަށް މިސީޒަނުގެ ކުރީކޮޅު އިރުޝާދުދިން ރަފާ ބެނިތޭޒް ނިއުކާސަލް ޔުނައިޓެޑްގެ ކޯޗް ކަމަށް މިހަމަޖެއްސީ މިދިޔަ ޖޫންމަހު ނިއުކާސަލް ޔުނައިޓެޑްގެ ކޯޗްކަމާއި ހަވާލްވި މެކްލެރެން މާގާމުން ވަކިކުރުމަށްފަހުއެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި ބާކީ ދިހަ މެޗް އޮތްއިރު ނިއުކާސަލް ޔުނައިޓެޑް އޮތީ ލީގްގެ 19ވަނައިގައެވެ. އާ ކޯޗް ބެނިތޭޒްގެ އެންމެ ބޮޑު މަސައްކަތަކަށް ވާނީ މި ދިހަ މެޗުން ނިއުކާސަލް ރެލިގޭޝަނުން ސަލާމަތް ކުރުމެވެ.

މަޤާމާ ހަވާލުވުމަށްފަގު ބެނިތޭޒް ބުނީ އިނގިރޭސި އެންމެ ދުވަސްވީ އެއް ކްލަބްގެ ކޯޗްކަމާ ހަވާލުވުމަކީ ޝަރަފެއް ކަމަށާއި، ނަމަވެސް މިވަގުތަކީ ވަރަށް ޕްރެޝޥަރާ ކުރިމަތިވާނެ ވަގުތެއް ކަމަށެވެ.

" މިއީ ޓީމަށް އުނދަގޫ ދަނޑިވަޅެއް. ޕްރެޝަރ އެބައޮތް ކޯޗަށްވެސް، ކުޅުންތެރިންނަށްވެސް އަދި ސަޕޯޓަރުންނަށްވެސް. އަހަރެން ބަލާނީ ނިއުކާސަލް ރެލިގޭޝަނުން ސަލާމަތްކުރަން" ބެނިތޭޒް ބުންޏެވެ.

ބެނިތޭޒް ރެއާލްމެޑްރިޑްގެ ކޯޗް ކަމުން ވަކިކުރީ ސަޕޯޓަރުންގެ ފާޑުކިއުން އަމާޒުވެ ބޮޑެތި މެޗުތަކުގައި ނެރުނު ދަށް ނަތީޖާ ތަކުގެ ސަބަބުންނެވެ. ބެނިތޭޒް އެންމެ ފަހުން އިރުޝާދުދިން އިނގިރޭސި ކްލަބަކީ ލިވަޕޫލެވެ. އޭނާ ވަނީ ލިވަޕޫލާއެކު ޗެމްޕިއަންސް ލީގުވެސް ހޯދާފައެވެ. ރަފާ ބެނިތޭޒް ނިއުކާސަލްއާއެކު ސޮއިކޮށްފައިވަނީ ތިން އަހަރުގެ އެއްބަސްވުމެއްގައެވެ. ބެނިތޭޒްގެ އިރުޝާދުގެ ދަށުން ނިއުކާސަލް ފުރަތަމަ ނިކުންނާނީ ޕްރިމިއަރ ލީގުގެ އެއްވަނައިގައިވާ ލެސްޓަރ ސިޓީއާ ދެކޮޅަށެވެ.