ޚަބަރު

މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައި އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ


މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވި ހާދިސާގައި އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

އަލިފާނުގެ މިހާދިސާ ހިނގާފައިވަނީ މ.ދިއްލިވިލާ ގޭގައެވެ. އެމްއެންޑީއެފްއިން ބުނީ މިހާދިސާއަކީ ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރަން އުޅުމުގެ ތެރޭގައި ހިނގާފައިވާ ހާދިސާއެއް ކަމަށް ބެލެވޭކަމަށެވެ. އުނދުން ރޯކުރަން އުޅުނު އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭންފަށާފައިވާ ކަމަށް މައުލޫމާތުލިބެއެވެ. މިމީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

މިފަދަ ހާދިސާތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ރަނގަޅަށް ނޭޅޭތީ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ. އެންމެ ފަހުން މިފަދަ ހާދިސާއެއް ހިނގާފައިވަނީ ރ.މަޑުއްވަރީގައެވެ. އެހާދިސާގައި އަނިޔާވި އިންޑިއާގެ ނަރުސް މީހާގެ 40 އިންސަތަ ފިހި އިތުރު ފަރުވާ ހޯދުމަށް އިންޑިއާއަށް ވަނީ ފޮނުވާލާފައެވެ.