ޓުއަރިޒަމް

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި


ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭގޮތުން ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން، ޕާޓާ އާއި އެކު މަޓާޓޯއިން މަޝްވަރާކޮށްފިއެވެ.

ޖަރުމަންވިލާތުގެ ބާލިންގައި މިހާރު ކުރިއަށްދާ އައިޓީބީ ބަރލިންގ ފެއަރގެ ތެރެއިން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯއިން ޕާޓާ އާއި އެކު ކުރިއަށް ގެންގޮސްފައިވާ މި ބައްދަލްވުމުގައި ޕާޓާއިން ރާއްޖޭގައި ޤާއިމްކޮށްފައިވާ އެ އެސޯސިއޭޝަންގެ އޮފީސް އަބުރާ ވުޖޫދަށް ގެނައުމާއި ގުޅޭ ގޮތުންނާއި އަދި މަޓާޓޯގެ މެމްބަރުންނަށް ޕާޓާ މެދުވެރިކޮށް ހޯދިދާނެ ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް މަޓާޓޯއިން މައުލޫމާތުދެއެވެ.

ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން، ޕާޓާ އަކީ އޭޝިއާ ޕެސިފިކްގެ ޤައުމުތަކުގައި ފަތުރުވެރިކަން ކުރިއަރުވުމަށް މަސައްކަތް ކުރާ އެސޯސިއޭޝަނެކެވެ.