ޚަބަރު

އައިޓީބީގައި ދިވެހިމެނޫ :ހާލުފޮޅިއަށް ބޮޑު ތަރުޙީބެއް


އައިޓީބީ ފެެއަރ ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ޚާއްޞަ ޙާފްލާގައި ދިވެހި ކެއްކުންތެރިން ގެ ދިވެހި ރަހައިން އެންމެން ހިތްއުފާކޮށްލައިފިއެވެ.

މި ޙަފްލާގައި ވަރަށް ގިނަ ދިވެހި ރަހަތައް ރަހަ ބަލާލުމުގެ ފުރުޞަތު ލިބިގެންދިޔައެވެ.

އައިޓީބީ ފެއަރގެ މިފަހަރު ހޮސްޓްކުރާ ޤައުމަކީ ދިވެހިރާއްޖެކަމަށްވާތީ ، ފެއަރ ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ނިންމާލުމަށްފަހު ތައްޔާރުކޮށްފައިވާ ބިލެތްމީރުކޮށްލުމުގައި ހުރީ މުޅިންވެސް ދިވެހިން ކާންބޭނުންކުރާ ދިވެހި ކެއުމެވެ.

ދިވެހި ކެއުމުގެ ތެރޭގައި ބަތް، މުސަންމާ ރިހަ ، ރިހާކުރު ، ރޮށި ކޮޕީފަތު ސަޓަނި ފަދަ ކާއެއްޗިހި އަތުރާފައިހުއްޓެވެ. މިކެއުންތައް ކެއްކުމުގައި ޙަރަކާތްތެރިވެފައިވަނީ ރާއްޖޭގެ ތިން ކެއްކުންތެރިންނެވެ.

ސަލްސާ ކޭޓަރިންގެ ފަރާތުން މި ކެއުން ތައްޔާރުކުމުގައި ބޮޑަށް ބަލާލާފައިވަނީ މުޅިންވެސް ދިވެހިން ކެއުމަށް ބޭނުންކުރާ ކެއުންތައް މެނޫގައި ހިމެނުމަށް.ސަލްސާ ކޭޓަރިންގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު އާމިރު ވިދާޅުވީ ، މި ކެއުމުގެ ތެރޭގައިވެސް އެންމެ ގިނަ މީހުން ޝައުުޤުވެރިވީ ކުޅުދުއްފުށްޓަށް ޚާއްޞަ ކާއެއްޗެއް ކަމަށްވާ ހާލުފޮޅިއަށް ކަމަށެވެ.



ދިވެހި ކެއުން ކާން ދިވެހިން ޝައުޤުވެރިވިގޮތަށް މުޅި ހަފްލާއަށް ދިޔަ ބޭރު ޤައުމުތަކުގެ މެހުމާނުންނަށްވެސް ކެއުން ވަރަށް ކަމުދިިޔައެވެ. އަޅުގަނޑުމެން ވާހަކަ ދައްކާލި ބައެއް މީހުންވެސް ކާއެއްޗިހި މީރުކަން ފާހަގަކުރިއެވެ.