ޚަބަރު

ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ރީނދޫ އެލާޓް ނެރުއްވައިފި


  • ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިއަދު މޫސުން ގޯސްވާނެކަމަށް ލަފާކުރައްވާ

  • އިއްޔެވެސް ރާއްޖޭގެ ބައެއް އުތުރުގެ އަތޮޅުތަކަށް ރީނދޫ އެލާޓް ވަނީ ނެރުއްވާފައި.

  • ކޯސްޓްގަރޑާއި، މެޓް އޮފީހުން އަބަދުވެސް އަންނަނީ މޫސުމަށް ސަމާލުވެލެއްވުމަށް އިލްތިމާސް ކުރައްވަމުން

ރާއްޖޭގެ ބައެއް ސަރަަޙައްދުތަކަށް މުސުން ގޯސްވެ، ރީނދޫ އެލާޓް ނެރުއްވައިފިއެވެ.

ލ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަމައަށް ރީނދޫ އެލާޓް ވަނީ ނެރުއްވައިފައެވެ. މި އެލާޓް ނެރުއްވައިފައިވަނީ ހެނދުނު 10:00 ން މެންދުރުފަހު 15:00 އާ ހަމައަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު، 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށް ވެސް، މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.

މުސުމާބެހޭ ޤައުމީ އިދާރާއިން މިދުވަސްވަރު އަންނަނީ ރާއްޖޭގެ އެކި ސަރަަހއްދުތަކަށް މޫސުމަށް ސަމާލުކަން ދިނުމަށް އެލާޓްތައް ނެރުއްވަމުންނެވެ. އެގޮތުން ބައެއް ސަރަަޙައްދުތަކަށް މޫސުން ގޯސްވެ ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ލަފާކުރައްވާފައިވެއެވެ.

ރީނދޫ އެލާޓްގެ ވަގުތުތަކުގައި ކޮންމެހެން ދަތުރު ކުރަންޖެހޭ ޙާލަތެއްގައި ނޫނީ ކަނޑުދަތުރުފަތުރުކުރުން، މަދުކުރުމަކީ ހުރިހާ ފަރާތްތަކުން ވެސް ސަމާލުކަން ދެއްވަން ޖެހޭކަމެކެވެ. ހަމައެހެންމެ، މިދުވަސްވަރު ކަނޑުދަތުރުފަތުރު ކުރާއިރު މޫސުމަށް ސަމާލުވެލައްވާގެން ކަނޑުދަތުރުފަތުރު ކުރުމަށް، އެމް.އެން.ޑީ.އެފްގެ ކޯސްޓުގަރޑުން ވެސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.