ޚަބަރު

ޙައްޖަށް ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެ


  • ޤާސިމް އިބްރާހީމް ނިޔާވީ ރޭ ފަތިހުކަމަށް މަޢުލޫމާތު ލިބޭ

  • ރާއްޖެއިން މިއަހަރު ޙައްޖަށް ދިޔަ 3 މީހުން ވަނީ ނިޔާވެފައި.

ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖަށް ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މިމީހާ ނިޔާވީ ރޭ ފަތިހުގެ ވަގުތެއްގައެވެ. ނިޔާވެފައިވަނީ ނ. ހޮޅުދޫ ޢުމުރުން 70 އަހަރުގެ ޤާސިމް އިބްރާހީމެވެ. ރޭ ފަތިހު ފަތިސްނަމާދަށް ދިއުމަށް ވުޟޫކުރުމަށް ފާޚާނާއަށް ވަންފަހުން ޚަބަރެއް ނުވެގެން ބެލިއިރު ޤާސިމް ނިޔާވެފައިވާކަމަށް އާއިލާއިން މަޢުލޫމާތު ދެއެވެ.

މިމީހާއާ ގުޅޭ މައުލޫމާތެއް އަދި ކަމާބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއިން ޙައްޖަށް ދިޔަ މީހުންގެ ތެރެއިން މިހާތަނަށް 3 މީހުން ވަނީ ނިޔާވެފައެވެ.