ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ ޢާޠިފާ ގެއަށް އަތުވެއްޖެ


  • އޭނާ ފެނުނީ އަމިއްލައަށް ގެއަށް އައުމުން

  • އޭނާގެ ޙާލު ރަނގަޅު

ގެއްލިގެން ހޯދަމުންދިޔަ ޢާޠިފާ ޢަބްދުﷲ ފެނިއްޖެއެވެ. ފުލުހުް ވިދާޅުވީ އާޠިފާ އަމިއްލައަށް ގެއަށް އަތުވެއްޖެކަމަށެވެ. އަދި އޭނާގެ ޙާލު ރަނގަޅުކަމަށް ފުލުހުން ވިދާޅުވެއެވެ.

ޢާޠިފާ ގެއްލިގެން ހޯދަންފަށަފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު ލިބުނު ރިޕޯޓަކާ ގުޅިގެން ހެނދުނު 1025 ހާއިރުގައެވެ.

ޢުމުރުން 53 އަހަރުގެ ޢާޠިފާ ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ ފެނިފައިވަނީ އަމިއްލައަށް ގެއަށް އައުމުންކަމަށް ފުލުހުން ވިދާޅުވެއެވެ. އޭނާ ގެއްލިފައިވަނީ ވިލިމާލެއިންނެވެ.