ކުޅިވަރު

ބަލިވީ ހެދުނު ގޯހަކުން. ކުޅުމާ މެދު ހިތްހަމަ ޖެހޭ - ސްޓައިކޯފް


ބަލިވީ ޑިފެންސަށް ހެދުނު ގޯހަކުން ކަމަށާއި ނަމަވެސް ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށް ނިއުރޭޑިއެންޓްގެ ކޯޗް ޔޮރްދާން ސްޓައިކޯފް ބުނެފިއެވެ. އޭއެފްސީ ކަޕްގައި އިއްޔަ ފަހު ވަގުތު ކާޔާ އެފްސީ އަތުން ބަލިވި މެޗަށްފަހު ކޯޗް ސްޓައިކޯފް ބުނީ އުއްމީދު ކުރީވެސް ވަރުގަދަ އުނދަގޫ މެޗަކަށް ކަމަށާއި، ނަމަވެސް ޓީމްގެ ފަރާތުން މޮޅަށް ކުޅެ ރަނގަޅަށް ޑިފެންޑް ކުރިކަމަށެވެ.

" އެންމެ ގޯހެއްގެ ސަބަބުން ބަލިވީ. ނަމަވެސް ކުޅުން ރަނގަޅު.. ހިތްހަމަ ޖެހޭ. ގެއްލުނީ މުހިންމު ޕޮއިންޓެއް " ނިއުރޭޑިއެންޓް ކޯޗް ސްޓޮއިކޯފް ބުންޏެވެ.

 ނިއުރޭޑިއެންޓަށްވެސް މެޗްގައި ލަނޑުޖަހާނެ ހުސް ފުރުސަތުތައް ލިބުންކަން ފާހަގަ ކޮށްލެވޭ. ކާޔާ އެފްސީއިން މެޗްގައި ލަނޑުޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައެވެ. މި މެޗުން ބަލިވުމާއިއެކު ނިއުރޭޑިއަންޓްވަނީ އޭއެފްސީ ކަޕްގެ ގްރޫޕް އެފްގެ އެންމެ ފުލަށް ވެއްޓިފައެވެ. ނިއުރޭޑިއަންޓަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. 

މި ގްރޫޕްގެ އެއްވަނާގައި އޮތީ ހޮންކޮންގގެ ކިޗީ އެފްސީ އަތުން މޮޅުވި ސިންގަޕޫރުގެ ބަލެސްޓަރ ޚަސްލާ އެފްސީ އެވެ. އޭއެފްސީ ކަޕްގައި ނިއުރޭޑިއަންޓް ކުޅޭ ތިންވަނަ މެޗުގައި ނިއުރޭޑިއެންޓް ނިކުންނާނީ ކިޗީ އެފްސީއާއި ދެކޮޅަށެވެ.