ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފްގައި ތޮއްޑޫއިން ޚާއްޞަ ފަރިއްކޮޅެއް


  • ރައީސްގެ ދެކަނބަލުން ތޮއްޑޫއަށް ވަޑައިގަތީ ހެނދުނު

  • ތޮއްޑޫގައި ޢީދުގެ ގިނަ ހަރާކްތަކެއް އަންނަނީ ބާއްވަމުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުންގެ ޝަރަފްގައި އއ.ތޮއްޑޫ ކަނބަލުންގެ ފަރާތުން ދެއްވި ޚާއްޞަ ފަރިކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިފެންފިއެވެ.

މިއަހަރުގެ އަޟްހާ ޢީދު ތޮއްޑޫގައި އަންނަނީ ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ހެނދުނު ތޮއްޑޫއަށް ވަޑައިގަތުމުން ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެގޮތުން ވަރަށް ގިނަ ޢަދަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދަށް އެއްވެ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވުމުގައި ވަނީ ބައިވެރިވެފައެވެ.


ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފްގައި ތޮއްޑޫ ކަނބަލުންދެއްވި ފަރިއްކޮޅު އޮތީ މެންދުރެވެ. މި ފަރިއްކޮޅުގައި ދައުލަތުގެ ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ހަވީރު މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ތޮއްޑޫގައި މިފަހަރުގެ ޢީދުގައި ޝަޤާފީ ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެއެވެ. އޭގެތެރޭގައި ޢީދު ވެދުމާދިއުމާއި، ބޮޑު މަސް ބޭނުމާއި، މާލި އަދި ޢީދު ޝޯވ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.