ކުޅިވަރު

ޑަބަލްސް އިވެންޓް ފައިނަލްގައި ވާދަކުރާ ޕެއާތައް ކަށަވަރުވެއްޖެ


އިންޓަރ ސްކޫލް ކެރަމް މުބާރާތުގެ އެކި އުމުރުފުރާތަކުން ޑަބަލްސް އިވެންޓްގެ ފައިނަލުގައި ވާދަކުރާ ޕެއަރތައް ކަށަވަރުވެއްޖެއެވެ. 

18 ވަނަ އިންޓަރ ސްކޫލް ކެރަމް މުބާރާތުގެ 12 އަހަރުން ދަށުގެ އަންހެން ޑަބަލްސް ފައިނަލުން ޖާގަ ހޯދީ ތާޖުއްދީން ސްކޫލްގެ ދެ ޕެއަރއެވެ. އެއީ އާމިނަތު އިބާނަތާއި، އާމިނަތު މިޝްފާގެ ޕެއަރ އަދި ޒޯޔާ ފައިސަލްއާއި، ހައިފާ ހުޝާމްގެ ޕެއަރއެވެ. 12 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ފައިނަލުގައި ވާދަކުރާނީ ތާޖުއްދީން ސްކޫލްގެ ހަސަން ޔޫން އަދި އަބްދުﷲ ރިފާހްގެ ޕެއަރއާއި، ހިރިޔާ ސްކޫލްގެ ހަސަން ސައްޔާފް އިބްރާހިމް އަދި އައްބާދް އަހުމަދުގެ ޕެއަރއެވެ. 

14 އަހަރުން ދަށުގެ އަންހެން ޑަބްލްސް ފައިނަލުން ޖާގަ ހޯދީ ތާޖުއްދީން ސްކޫލްގެ ފާތިމަތު އިރާޝާއާއި ފާތިމަތު ހައިމާގެ ޕެއަރ އަދި އިމާދުއްދީން ސްކޫލްގެ ފާތިމަތު ޒާއިންއާއި، އާމިނަތު ޒަހުވާ ސިރާޖްގެ ޕެއަރއެވެ. 14 އަހަރުން ދަށުގެ ފިރިހެން ޑަބްލްސް ފައިނަލުން ޖާގަ ހޯދީ ޖަމާލުއްދީން ސްކޫލްގެ ނައުފަލް ޝަރީފާއި އަހުމަދު ޔައިޝްގެ ޕެއަރ އަދި ތާޖުއްދީން ސްކޫލްގެ މުޙައްމަދު އައިހަމް އަހުމަދާއި ޝިމަން އަބްދުއްސަމަދުގެ ޕެއަރއެވެ. 

16 އަހަރުން ދަށުގެ އުމުރުފުރާގެ އަންހެން ޑަބަލްސް ފައިނަލްގައި ވާދަކުރާނީ ޖަމާލުއްދީން ސްކޫލްގެ އައިޝަތު ޝައިހާ އިބްރާހިމާއި، ފާތިމަތު ޒިފާގެ ޕެއާރ އަދި އިމާދުއްދީން ސްކޫލްގެ އާމިނަތު އަމާނީއާއި، އާމިނަތު އަޖުފާން އަހުމަދުގެ ޕެއަރއެވެ. 16 އަހަރުން ދަށުގެ ފިރިހެން ޑަބަލްސްއަށް ހޮވުނީ އިމާދުއްދީން ސްކޫލްގެ މާހިލް މުހައްމަދު ނަސީމްއާއި މުހައްމަދު ޔައީޝްގެ ޕެއަރ އަދި އިސްކަންދަރު ސްކޫލްގެ އާދަމް ޚަލަފް މަތީންއާއި، މުހައްމަދު އައިޝް މުސްތަފާގެ ޕެއަރއެވެ. 

މުބާރާތުގެ 19 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ފައިނަލްގައި ވާދަކުރާނީ އިމާދުއްދީން ސްކޫލްގެ ލޫތް މުހައްމަދު ހުސައިންއާއި، މުހައްމަދު އަބްދުﷲގެ ޕެއަރ އަދި ސީއެޗްއެސްއީގެ ވަލީފް ޝާދް ހާމިދާއި، އަޒްމާން އަހުމަދުގެ ޕެއަރއެވެ. 19 އަހަރުން ދަށުގެ އަންހެން ޑަބަލްސް ފައިނަލަށް ހޮވުނީ ހިރިޔާ ސްކޫލްގެ އައިޝަތު ނަހުފާއާއި ޝުމާ އަބްދުﷲ ރަފީއުގެ ޕެއަރ އަދި ސީއެޗްއެސްއީގެ ޝަމްހާ އަލީ އަދި މަރިޔަމް ނުހާގެ ޕެއަރއެވެ. 

މިދިޔަ ހޮނިހިރު ދުވަހު ފެށި މި މުބާރާތުގައި ހަތަރު އުމުރުފުރާއެއްގައި ނުވަ ސްކޫލަކުން ޖުމްލަ ތިރީސް އަށް ޓީމް ވާދަކުރެއެވެ. މުބާރާތުގައި މިހާރު ކުރިއަށްދަނީ ސިންގަލްސް އިވެންޓްގެ މެޗުތަކެވެ.