ދުނިޔޭގެ ވިޔަފާރި

ސްމާޓު ފޯނުގެ ޑިމާންޑު ދަށްވެ ފޮކްސްކޮންގެ އާމްދަނީ ދަށަށް


ސްމާޓު ފޯނުގެ ޑިމާންޑު ދަށްވެ ފޮކްސްކޮންގެ އާމްދަނީ ދަށަށް ދާނެކަމަށް ލަފާކޮށްފިއެވެ.

ފޮކްސްކޮންއަކީ އައިފޯނާއި އަދި އެެހެނިހެންވެސް ސްމާޓް ފޯނު އުފައްދާ ކާރުހަނާތައް ހިންގާ ކުންފުންޏެކެވެ.

ޓައިވާނުގެ ކުން ފޮކްސްކޮންއަށް މެއިމަހު ލިބުނު އާމްދަނީ އޭގެކުރީ މަހާއި އަޅާބަލާއިރު 5 އިންސައްތަ އިތުރުވެފައިވީނަމަވެސް އަހަރުން އަހަރަށް ބަލާއިރު، ލިބުނު އާމްދަނީ 9.5 އިންސައްތަ ދަށަށް ދާނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.

ފޮކްސްކޮންގެ އާމްދަނީ ދަށަށްދާނެކަމަށް ލަފާކޮށްފައިވަނީ ސްމާޓް ކޮންސިއުމަރ އިލެކްޓްރޯކިން ސާމާނަށް އޮތް ޑިމާންޑު ދަށްވުމުގެ ސަބަބުންކަމަށް ހަބަރުތައް ބުނެއެވެ. އަހަރުގެ މިދުވަސްވަރަކީ އިލްކެޓްރޯނިކް ސާމާނަށް އޮންނަ ޑިމާންޑު އަބަދުވެސް ދަށްވާ ދުވަސްވަރެކެވެ.

ފޮކްސްކޮންއަށް މިދިޔަމަހު ލިބިފައި ވަނީ 14.7 ބިލިއަން އެމެރިކާ ޑޮލަރެވެ. މިއީ ލަފާކޮށްފައިވާ މިންވަރާއި ގާތްގަނޑަކަށް އެއް ވަރުގެ އަދަދެއް ނަމަވެސް މިއީ މިދިޔަ މަހާއި އަޅާބަލާއިރު އެންމެ 5 އިންސައްތައިގެ އިތުރުވުމެއްކަމަށް ހަބަރުތައް ބުނެއެވެ.

ފޮކްސްކޮންއިން ނެރުނު ބަޔާނެއްގައި ބުނީ މެއި މަހުގެ އާމްދަނީ ދަށަށް ދިޔައީ ސްމާޓު ފޯނަށް އޮތް ޑިމާންޑު ދަށްވުމުންނެވެ. އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ފޯނު އުފެއްދުމުގެ ވިޔަފާރިންނެވެ.

އާމްދަނީ ދަށްވާނެ ކަމަށް ލަފާކޮށްފައިވާއިރު، ފުރަތަމަ ކުއާޓަރުގައި ފޮކްސްކޮންއަށް ލިބުނު ސާފު ފައިދާވެސް ވަނީ އަންދާޒާކުރި ވަރަށް ވުރެ 56 އިންސައްތަ ދަށްވެފައެވެ.

ނަމަވެސް އާޓިފިޝަލް އިންޓެލިޖެންސް، އޭއައި އެޕްލިކޭޝަންސްތަކުގެ ސަބަބުން ސާރވަރ ވިޔަފާރިއަށް އޮންނަ ޑިމާންޑު ވަރުގަދަވާނެކަމަށް ފޮކްސްކޮންއިން ލަފާކުރެއެވެ.