ދުނިޔޭގެ ވިޔަފާރި

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު އަނެއްކާވެސް އީލޮން މަސްކަށް


ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު އަނެއްކާވެސް ޓެސްލާގެ ވެރިޔާ އީލޮން މަސްކަށް ލިބިއްޖެއެވެ.

ބްލޫމްބާރގް ބިލިއަނަރސް އިންޑެކްސް ދައްކާގޮތުން މަސްކުގެ މިލްކިއްޔާތަށް މިދިޔަ ޖެނުއަރީމަހުން ފެށިގެން މިހާތަނަށް ވަނީ 55.3 ބިލިއަން ޑޮލަރު އިތުރުވެ، ޖުމްލަ މިލްކިއްޔާތުގެ އަގު 192 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. އޭނާގެ މުއްސަނދިކަން އިތުރުވީ އޭނާގެ 13 އިންސައްތަ ހިއްސާ އޮންނަ، އިލެކްޓްރިކް ކާރު އުފައްދާ ކުންފުނި ޓެސްލާގެ ހިއްސާގެ އަގު ގާތްގަނޑަކަށް 24 އިންސައްތަ މައްޗަށް ދިއުމުންނެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު މަސްކަށް ގެއްލުނީ މިދިޔަ ޑިސެމްބަރުމަހު ލަކްޒަރީ ބްރޭންޑް، ލުއި ވިޓޯން މޮއެޓް އެނެސީ، އެލްވީއެމްއެޗްގެ ވެރިޔާ ބާރނާޑް އަނޯލްޓް އެ މަގާމު ހޯދުމުންނެވެ. ނަމަވެސް މިއަހަރު ބާނާރޑްގެ މިލްކިއްޔާތު ވަނީ 187 ބިލިއަން ޑޮލަރަށް ދަށްވެ، މުއްސަނދިންގެ ލިސްޓުގެ ދެވަނައަށް ވެއްޓިފައެވެ.

މަސްކު ވަނީ މިދިޔަ އަހަރު 44 ބިލިއަން އެމެރިކާ ޑޮލަރަށް ސޯޝަލް މީޑިއާ ޕްލެޓްފޯމު ޓުވިޓަރ ގަނެފައެވެ. އޭގެފަހުން ޓެސްލާގެ ހިއްސާ އަގު ދަސްވިނަމަވެސް މެއިމަހު ޓެސްލާގެ ހިއްސާގެ އަގުތައް ވަނީ މަތިވެފައެވެ.

ޓެސްލާއާއި ޓުވިޓަރގެ އިތުރުން އޭނާ އަކީ ޖައްވީ މަސައްކަތްތަކަށް އުފައްދާ ކުންފުނި ސްޕޭސްއެކްސްގެ ޗީފް އެކްޒެގެޓިވް އޮފިސަރ، ސީއީއޯވެސްމެއެވެ.