ކުޅިވަރު

ޖެހިޖެހިގެން ދެވަނަ ފަހަރަށް ލައިޕްޒީގުން ޗެމްޕިއަންކަން ހޯދައިފި


ޖަރުމަން ކަޕުގެ ތަށި ޖެހިޖެހިގެން ދެވަނަ ފަހަރަށް އާރްބީ ލައިޕްޒީގުން ހޯދައިފިއެވެ.

މިމުބާރާތުގެ ތަށި ލައިޕްޒިގް ކާމިޔާބުކޮށްފައިވަނީ ރޭ ކުޅުނު ފައިނަލް މެޗްގައި އެއިންޓްރެކްޓް ފްރޭންކްފަޓާ ބައްދަލުކޮށް 2-0 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކޮށްގެންނެވެ.

ލައިޕްޒީގްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް އެޓީމުންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 71 ވަނަ މިނެޓްގައި ޖަހާ ލިޕްޒިގްއަށް ލީޑު ނަގާދިނީ ކްރިސްޓޮފަރ އެންކުންކޫ ޖަހާދިން ލަނޑުންނެވެ. މިއީ މިސީޒަންގައި އޭނާ ކާމިޔާބުކުރި 23 ވަނަ ލަނޑެވެ. އަދި މިމެޗްގައި ލިޕްޒިގް ކާމިޔާބު=ކުރި ދެވަނަ ލަނޑު މެޗްގެ 85 ވަނަ މިނެޓްގައި ޖަހާފައިވަނީ އެންކުންކޫގެ އެހީތެރިކަމާއެކު ޑޮމިނިކް ޒޮބޯޒްލާއިއެެވެ.

މީގެ 14 އަހަރު ކުރިން އުފަންވެފައިވާ މިކްލަބް މިހާރުވަނީ ޖަރމަން ކަޕްގެ އެންމެފަހުން ކުޅުނު ފަސް މުބާރާތުގެ ތެރެއިން ހަތަރު މުބާރާތުގެ ފައިނަލް ކުޅެފައެވެ. އަދި މިދިޔަ ދެ މުބާރާތުގެ ޗެމްޕިއަންކަންވެސް މިވަނީ ހޯދާފައެވެ. ލިޕްޒިގް މިފަހަރު ޖަރުމަން ލީގު ނިންމާލީ ޗެމްޕިއަން ބަޔާން މިޔުނިކާއި ބޮރުޝިއާ ޑޯޓްމުންޑްގެ ފަހަތުން ތިންވައިގައި އޮވެގެންނެވެ.