ކުޅިވަރު

ޔުނައިޓެޑަށް އޮތް ހާސްކަމަކީ އަނިޔާގެ މައްސަލަ: ޓެން ހާގް


އިނގިރޭސި އެފްއޭ ކަޕުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނައިރު އޮތް އެންމެ ބޮޑު ހާސްކަމަކީ އަނިޔާގެ މައްސަލަ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.

މިރޭގެ މެޗަށް ނިކުންނައިރު ޔުނައިޓެޑަށް ވަނީ އަނިޔާގެ ކޮންމެވެސް ވަރެއްގެ މައްސަލަ ތަކެއް ކުރިމަތިވެފައެވެ. މިގޮތުން އެންތަނީ މާޝިއަލްގެ ފައިގެ މަސްގަނދަށް އަނިޔާ ވެފައިވުމުގެ ސަބަބުން މިރޭގެ މެޗްގައި ނުފެއްނާނެކަން ޔަގީން ވެފައިވާއިރު އެޓީމަށް ކުޅޭ ބްރެޒިލްގެ އެންތަނީ މިރޭގެ މެޗަށް ފިޓް ވާނެކަމާމެދުވެސް ވަނީ ސުވާލު އުފެދިފައެވެ. އެންތަނީއަށް ވަނީ މެއި މަހުގެ 25 ވަނަ ދުވަހު ޗެލްސީ އާއި ކުޅެ މޮޅުވި މެޗްގައި އަނިޔާވެގެން ބާލާފައެވެ.

ޓެން ހާގް ހާމަކުރިގޮތުގައި އެންތަނީ މިމެޗަށް ފިޓްވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށާއި ނަމަވެސް ހަނި ފުރުސަތެއް އެބައޮތް ކަމަށެވެ.

ސިޓީއަށް ބަލާއިރު އެޓީމުން މިރޭގެ މެޗްގައި ފެނިގެންދާނެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ވެގެންދިޔައީ މިމެޗްގައި ކީޕަރަކަށް ކުޅޭނީ ސްޓެފެން އޯޓޭގާ ކަމުގައި ހާމަކޮށްފައެވެ. މިފަހަރުގެ އެފް އޭ ކަޕްގެ ހުރިހާ މެޗެއްގައި ކުޅެފައިވަނީ އޯޓޭގާއެވެ. އަދި ޕެޕް ވަނީ އެޓީމްގެ ފުރަތަމަ ކީޕަރ އެޑަރސަންގެ ބަދަލުގައި އޯޓޭގާ ކުޅޭނެކަން ޔަގީން ކޮށްދީފައެވެ. އަދި އަނިޔާގެ އާ މައްސަލައެއް ސިޓީއަށް ކުރިމަތިވެފައި ނުވާކަމަށްވެސް ޕެޕް ހާމަކުރިއެވެ.

ޕެޕް ހާމަކުރިގޮތުގައި އެފް އޭ ކަޕްގެ ފައިނަލްގައި ކުޅުމަކީ އޭނާ އާއި އޭނާގެ ކުޅުންތެރިންނަށް ލިބިގެންދާ ޝަރަފެއް ކަމަށެވެ. މިމެޗް ވަރަށް ފޯރިގަދަ ވެގެންދާނެކަމަށާއި އަދި ޔުނައިޓެޑަކީ މިސީޒަންގެ ކުރީ ކޮޅު ސިޓީއިން ކުޅުނު ޔުނައިޓެޑް ޓީމް ނޫން ކަމަށްވެސް ޕެޕް ހާމަކުރިއެވެ. މިގޮތުން މިރޭގެ މެޗަށް ނިކުންނަ ޔުނައިޓެޑް ޓީމުން ވަނީ ގިނަ ކުރިއެރުން ތަކެއް ހޯދާފައިކަމަށާއި އަދި އެއީ ހުނަރުން ފުރިފައިވާ ޓީމެއް ކަމަށެވެ. އަދި މިމެޗް އެއްގޮތަކަށްވެސް ސިޓީއަށް ފަސޭހަ ނުވާނެކަމަށް ޕެޕް ހާމަކުރިއެވެ.

ޓެން ހާގް ހާމަކުރިގޮތުގައި މިރޭގެ މެޗުން ކޮންމެ ގޮތަކަށް ނަތީޖާ ނުކިން ކަމުގައި ވީނަމަވެސް މިސީޒަންގައި އޭނާގެ ޓީމުން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާކަމަށެވެ. އަދި ސީޒަން ފެށުން އިރާއި އަޅާބަލާއިރު މިއީ ވަރަށް ބޮޑުތަނުން ވަރުގަދަ ޓީމެއްގެ ގޮތުގައި ގަބޫލް ލުރާ ކަމަށްވެސް އޭނާ ހާމަކުރިއެވެ. ޔުނައިޓެޑުން ވަނީ މިސީޒަންގެ ފުރަތަމަ ތަށި ކަމަށްވާ ކަރަބާއޮ ކަޕްގެ ތަށި ކާމިޔާބުކޮށްފައެވެ. އަދި ޕްރިމިއަރ ލީގުގެ ތިންވަނަ ހޯދާ ފައި ވުމުގެ އިތުރުން އެފް އޭ ކަޕްގެ ތަށި އުފުލާލުމުގެ ފުރުސަތު ލިބިފައިވުމުން މިއީ ޔުނައިޓަޑަށް ކާމިޔާބު ސީޒަނެއްގޮތުގައި ގަބޫލް ކުރާކަމަށްވެސް ޓެން ހާގް ހާމަކުރިއެވެ.