ޚަބަރު

މަތީ ސާނަވީގެ ކިޔެވުން: 2 ސްކޫލެއްގައި އަލަށް މަތީސާނަވީ ފެށި


މަތީ ސާނަވީގެ ކިޔެވުންފަށާ ދުވަހަށް ގެނެވުނު ބަދަލާއެކު އޭލެވެލްގެ ކިޔެވުން ދެހާހަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަދު ފަށައިފިއެވެ.

ކުރިން ރާއްޖޭގެ ސްކޫލްތަކުގައި މަތީ ސާނަވީގެ ކިޔެވުން ފަށަނީ ޖޫން ނުވަތަ ޖުލައި މަހެވެ. ރާއްޖޭގެ ފަސްދޮޅަސް ސްކޫލެއްގައި މިއަދު މަތީ ސާނަވީގެ ކިޔެވުން ފަށާފައިވާއިރު މުޅީން އަލަށް ދެހާސް ތިންސަތޭކަ ފަންސާސް ހަ ދަރިވަރުން ވަނީ ގުޅިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި އަހަރު އޭލެވެލްގެ ކިޔެވުން އެހެން އަހަރު ތަކާ ޚިލާފަށް ކުރިން ފެށުމުން، ސްކޫލުތަކުގައި މިހާރު ތިން ބެޗެއްގެ ދަރިވަރުން ކިޔަވަމުންދާ ކަމަށެވެ. އެއީ މިދިޔަ އަހަރު ކިޔަވަން ފެށި އޭލެވެލްގެ ބެޗާއި، މި އަހަރު ބާރަ ނިމޭ ބެޗްގެ އިތުރުން އަލަށް ފެށި ބެޗެވެ. މިތިން ބެޗާއެކު ޖުމްލަ ހަހާހަށްވުރެ ގިނަ ކުދިން އަންނަނީ މިއަހަރު މަތީ ސާނަވީ ތަޢުލީމް ހާސިލް ކުރާނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ދެ ސްކޫލެއްގައި މިއަހަރު އަލަށް އޭލެވެލަށް ކިޔަވައިދޭން ފަށްޓަވާފައިވާ ކަމަށް. އެއީ ހއ ކެލާ މަދްރަސަތުލް ޝައިޚް އިބްރާހިމް ސްކޫލާއި، އދ ފެންފުށީ ސްކޫލް ކަމަށް އެ މިިނިސްޓްރީން މަޢުލޫމާތުދެއްވާ.

މިމަހު އޭލެވެލަށް ކިޔަވަން ފެށުމުން، އޮކްޓޫބަރު-ނޮވެމްބަރުގައި ހަދާ އޯލެވެލް ޓެސްޓްތަކާއެކު އޭލެވެލްގެ ޓެސްޓު ވެސް ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.