ދުނިޔޭގެ ވިޔަފާރި

ރަޝިއާއިން ވަޓްސްއެޕް ޖޫރިމަނާކޮށްފި


ރަޝިއާއިން ސޯޝަލް މީޑިއާ ޕްލެޓްފޯމް، ވަޓްސްއެޕް ޖޫރިމަނާކޮށްފިއެވެ.

އާރްއައިއޭ ނިއުސް އޭޖެންސީއާ ހަވާލާދީ ހަބަރުތައް ބުނާގޮތުން ރަޝިއާއިން ވަޓްސްއެޕް ޖޫރިމަނާކުރީ އެމީހުން އާންމުކޮށްފައިވާ ރަޝިއާގައި ވިއްކުން އަދި ބޭނުންކުރުންވެސް މަނާކޮށްފައިވާ ބޭހެއްކަމަށްވާ ލިރިކާއާބެހޭ މައުލޫމާތު ނަގަން ދެކޮޅު ހެދުމުންނެވެ. މި މައްސަލައިގައި ރަޝިއާގެ ކޯޓަކުން ވަޓްސްއެޕް ޖޫރިމަނާކުރީ 37080 އެމެރިކާ ޑޮލަރުންނެވެ. މިއީ މިފަދަ މައްސަލައެއްގައި ރަޝިއާއިން ވަޓްސްއެޕް ޖޫރިމަނާކުރި ފުރަތަމަ ފަހަރެވެ.

ވަޓްސްއެޕްގެ ބެލެނިވެރި ކުންފުނި މެޓާއަކީ ހައްދުފަހަނައަޅާފައިވާ ޖަމިއްޔާއެއްގެ ގޮތުގައި ރަޝިއާއިން ވަނީ ސިފަކޮށްފައެވެ. މިއާއިއެކު ކޮންޓެންޓު މައްސަލައެއްގައި މެޓާގެ އެހެން ކުންފުނިތައްކަމަށްވާ ފޭސްބުކް އަދި އިންސްޓަގްރާމް ބޭނުންކުރުން ރަޝިއާއިން ވަނީ މަނާކޮށްފައެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމައާ ބެހޭގޮތުން ދޮގު މައުލޫމާތު ހާމަކޮށްފައިވާކަމަށް ބުނެ ވިކިމީޑިއާ ފައުންޑޭޝަންވެސް 3 މިލިއަން ރޫބަލްއިން މީގެކުރިން ވަނީ ޖޫރިމަނާކޮށްފައެވެ.