ދުނިޔެ

ސޫދާނުގެ ސިޔާސީ ޝަޚްސިއްޔަތު ޑރ. ހަސަން އައްތުރާބީ އަވަހަރާވެއްޖެ


ސޫދާނުގެ ވަރަށް އިސް ސިޔާސީ ޝަޚްސިއްޔަތެއް ކަމަށްވާ ޑރ. ހަސަން އައްތުރާބީ އަވަހަރާވެއްޖެއެވެ.

އިސްލާމީ ފިކުރުގެ ވަރަށް ތަޖްރިބާކާރު ސިޔާސީ ބޭފުޅެއްކަމަށްވާ ހަސަން އައްތުރާބީއަކީ ސޫދާނުގެ މިހާރު ރައީސް އުމަރުހަސަން އަހްމަދުލް ބަޝީރުގެ ސަރުކާރާ އިދިކޮޅު ޝަޚްސިއްޔަތެކެވެ. އޭނާ ވަނީ ޕޮޕިއުލަރ ކޮންގްރެސްގެ ނަމުގައި 1999 ވަނަ އަހަރު ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ.

ހުޅަނގުގެ މަޝްހޫރު އެތައް ޔުނިވަރސިޓީއަކުން މަތީ ތައްލީމް ޙާސިލް ކުރައްވައިގެން ހުންނެވި ޑރ. ތުރާބީ އަވަހާރަވީ ހިތްޕުޅުގެ އާލާސްކަންފުޅެއްގައި އުމުރުން 84 އަހަރުގައެވެ. ޑރ. ތުރާބީއަކީ ސޫދާނުގެ ޖަސްޓިސް މިނިސްޓަރު ކަމާއި ޕާލަމެންޓްގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.