ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ އޭނާގެ ޢާއިލާއަށް މިއަދު ގުޅާފައިވާ ކަމަށާއި، އޭނާ އާއި އޭނާއެކު އިން ދަރިފުޅުވެސް ޙާލު ރަނގަޅުކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ހުޅުމާލެއިން ގެއްލިގެން ހޯދަން އިއުލާންކޮށްފައިވަނީ ހއ. އިހަވަންދޫ / ނަސްރީނުގެ، ޢާއިޝަތު އިޙްސާނާ (32އ) އާއި އޭނާގެ ދެ އަހަރުގެ އަންހެން ދަރިފުޅެވެ. އެ ދެމައިން ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ އިއްޔެއެވެ.
ފުލުހުން މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ އާއި އޭނާގެ ކުޑަ ދަރިފުޅުގެ ޢާއިލާއިން ގުޅިފައިވާ ކަމަށެވެ.