ދުނިޔެ

އިންޑިޔާގެ ކޯޓަކަށް ސްރީލަންކާގެ ކުރީގެ ވަޒީރެއް ހާޒިރުކޮށްފި


އިންޑިޔާގެ ޗެންނާއިގެ ކޯޓެއްގައި ހިނގަމުންދާ ޝަރީއަތަކަށް، ސްރީލަންކާގެ ކުރީގެ ވަޒީރެއްކަމަށްވާ ޑޮގްލަސް ޑެވަނަންޑާ، ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް ހާޒިރުކޮށްފިއެވެ.

ޑެވަންޑާއަކީ ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުގެ ކެބިނެޓްގެ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ 1986 ވަނަ އަހަރު ޗެންނާއި ގައި ޣައިރު ގާނޫނީ އެއްވުންތަކެއް ބާއްވައި ހަމަނުޖެހުންތަކެއް ހިންގުމުގައި އިސް ދައުރެއް އަދާކުރުމެވެ. 

މިހަމަނުޖެހުންތަކުގައި ޑެވެންޑާ ދިން ބަޑީގެ ޙަމަލާއެއްގައި މީހަކު މަރުވެފައިވާކަމުގެ ތުހުމަތުވެސް ޑެވެންޑާގެ މައްޗަށް ކުރެވިފައިވާއިރު އޭނާއާ ދެކޮޅަށް ހުށަހެޅި 4 ހެކިންގެ ތެރެއިން 3 މީހުންވަނީ އެ ހަމަނުޖެހުންތަކުގެ ތެރެއިން ޑެވަނަންޑާ ފެނިފައިނުވާކަމަށް ބުނެފައެވެ. މިއާއެކު ޑެވަނަންޑާގެ ދިފާއީ ވަކީލު، އޭނާގެ މައްޗަށް މީހަކު މެރިކަމުގެ ތުހުމަތު ކުރެވޭނެ ފުރްސަތު ނެތް ކަމަށް ބުނެފައިވެއެވެ.