ކުޅިވަރު

ސުޕަ ޖަޔަންޓްސް ބަލިކޮށް މުމްބާއީ އިންޑިއަންސް ކޮލިފައިން ދެވަނަ މެޗަށް


އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތުގެ ޕްލޭއޮފްސްގެ ކޮލިފަޔަރ ދެވަނަ މެޗުން މުމްބާއި އިންޑިއަންސް ޖާގަ ހޯދައިފިއެވެ.

ކޮލފަޔަރ ދެއަކުން އިންޑިއަންސް ޖާގަހޯދީ ޕްލޭ އޮފްސްގެ އެލިމިނޭޓަރ މެޗްގައި ލަކްނޯ ސުޕަރ ޖައަންޓްސް އާއި ބައްދަލުކުރި މެޗް 81 ލަނޑުގެ ތަފާތު މޮޑު ނަތިޖާއަކުން ކާމިޔާބު ކޮށްގެންނެވެ.

ޗެއްނާއިގެ އެމް އޭ ޗިދަމްބަރަމް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ޓޮސް ދިމާވުމުން އިންޑިއަންސްއިން ނިންމީ އެންމެ ފުރަތަމަ ބެޓް ކުރާށެވެ. މިގޮތުން އެޓީމުން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 182 ލަނޑު ހެދިއެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 41 ލަނޑު ހަދާދިން ކެމެރަން ގްރީންއެވެ. ސުޕަރ ޖައަންޓްސްއަށް މިއީނިންގްސްގައި އެންމެ ރަނގަަޅަށް އުކާފައިވަނީ ހަތަރު އޯވަރު 38 ލަނޑަށް ހަތަރު ވިކެޓް ނަގާދިން ނަވީން އުލް ހައްގުއެވެ.

ޖަވާބުގައި ސުޕަރ ޖަޔަންޓްސްއިން ކުޅެން އަރާ 16 އޯވަރު ތިން ބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 101 ލަނޑެވެ. އެޓީމަށް އެންމެ ރަނގަަޅަށް ކުޅުނީ 40 ލަނޑު ހަދާދިން މާކަސް ސްޓޮއިނިސްއެވެ. އަދި އިންޑިއަންސްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ތިން އޯވަރު ތިން ބޯޅަ ފަސް ލަނޑަށް ފަސް ވިކެޓް ނަގާދިން އާކާޝް މަންޑުވާލްއެވެ.

މިކާމިޔާބީއާއެކު މުންބާއި އިންޑިއަންސް އިން މިވަނީ ކޮލިފަޔަރ ދެއަކުން ޖާގަހޯދާފައެވެ. ކޮލިފަޔަރ ދެއެއްގައި އެޓީމް ވާދަކުރާނީ ކޮލިފަޔަރ އެކަކުން ބަލިވި އެންމެ ފަހުގެ ޗެމްޕިއަން ގުޖުރާތު ޓައިޓަންސް އާއެވެ. މިމެޗުން މޮޅުވާ ޓީމެއް ފައިނަލްގައި ބައްދަލުކުރާނީ ޗެންނާއި ސުޕަރ ކިންގްސްއާއެވެ.