ޚަބަރު

17 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ


ކުޑަކުއްޖަކު ވީނުވީ ތަނެއް ނޭނގިގެން ޢާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެ ކުއްޖާ ހޯއްދެވުމުގެ މަސައްކަތް ފުލުހުން ފަށްޓަވައިފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ ޅ. ކުރެންދޫ / ހުދުފަޅު، ޢަބްދުއްނާފިޢު އިބްރާހީމް (17އ) އެވެ. ޢަބްދުއްނާފިޢު އިބްރާހީމް ވީނުވީ ތަނެއް ނޭނގިގެން ޢާއިލާއިން ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

ޢަބްދުއްނާފިޢު އިބްރާހީމް ވީނުވީ ތަނެއް ނޭނގިގެން ޢާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހައި ބަހާތަކަށް އެކަމުގެ މަޢުލޫމާތު ފޯރުކޮށް، ޢަބްދުއްނާފިޢު އިބްރާހީމް ހޯދުމުގެ މަސައްކަތް މިހާރު ވެސް ގެންދަވަނީ ކުރައްވަމުންނެވެ.

ނަމަވެސް މިހާތަނަށް ފުލުހުންގެ އެކި ބަހާތަކުން ކުރެވުނު މަސައްކަތުން ނާފިޢު ހޯއްދެވިފައި ނުވާކަމަށް ވިދާޅުވެއެވެ.

ޢަބްދުއްނާފިޢު އިބްރާހީމާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9310707 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އާ ގުޅުއްވައި ޙިއްޞާކުރެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.