ސޮނޭވާ ޖަނި ރިސޯޓްގެ ވޯޓަރ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށާއި، އަދި އަލިފާން ކޮންޓްރޯލް ކުރެވިފައިވާކަމަށެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރިސޯޓްގެ މޫދުގައި ހަދާފައި ހުރި މޫދު ކޮޓަރިއެއްގައިކަމަށެވެ. އަދި ނައިފަރުގައި ހުންނަ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން އެ ރިސޯޓަށް ގޮސްފައިވާކަމަށްވެސް މައުލޫމާތުދެއްވައެެވެ.