ޚަބަރު

އަލީ އަބްދުﷲ މަރާލިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި


ސ. ހިތަދޫ ބުރުނީ އަލީ އަބްދުﷲ ގެ މަރުގެ ޙާދިސާ އާއި ގުޅުންހުރިކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ފަނަރަ ދުވަސް ޖަހައިދީފިއެވެ. އެ މައްސަލައިގެ ތުހުމަތުގައި އައްޑޫ ސިޓީން ހައްޔަރުކުރެއްވީ ޢުމުރުން 24 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.

ޢަލީ އަބްދުﷲ މަރުވެފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން ފުލުހުންނަށް ހުށައެޅި ރިޕޯޓަކާއި ގުޅިގެން އެނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ހިތަދޫ ސްކޫލާއި ދިމާއިން ވަލުތެރެއިން ކަމަށްފުލުހުން ވިދާޅުވެއެވެ. އެތަނުން ޢަލީ ޢަބްދުﷲ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އޭނާ ބެއްލެވި ޑޮކްޓަރު ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ ތަޙުޤީޤު ކުރުމަށް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ޚާއްޞަ ތަޙްޤީޤު ޓީމެއް އައްޑޫ ސިޓީ ހިތަދޫގައި މަސައްކަތްކުރާ ފުލުހުންގެ ތަޙުޤީޤު ޓީމާއެކު އައްޑޫ ސިޓީގައި ޙަރަކާތްތެރިވަމުންދާކަމަށްވެސް މޯލްޑިވްސް ޕޮލިސް ސަރވިސުން މައުލޫމާތުދެއްވައެވެ.