މުނިފޫހިފިލުވުން

ފަހު އެޕިސޯޑާއެކު "ބަޅޭ އައްޗޭ ލަގްތޭހޭ 2" މިމަހު 24 ގައި ނިންމަނީ


ސޮނީ ޓީވީން ގެނެސްދޭ ސިލްސިލާ "ބަޅޭ އައްޗޭ ލަގުތޭ ހޭ" ސީޒަން 2 ހުއްޓާލައި، އޭގައި ކުރިން ލީޑް ރޯލު ކުޅުނު ދެ ތަރިން ކަމަށްވާ ނަކުލް މެހެތާ އާއި ޑިޝާ ޕަރްމަރާ އެކީ އާ ސިލްސިލާއެއް ގެނެސްދޭން ތައްޔާރުވަމުން އަންނަ ކަމަށް ނޫސްތަކުން ދާދިފަހުން ވަނީ ރިޕޯޓުކޮށްފައެވެ.

އޭގެފަހުން މި ޝޯވގެ އެންމެ ފަހުގެ އަޕްޑޭޓުގެ ގޮތުގައި އިވޭ ޚަބަރަކީ މީގެ އެންމެ ފަހު އެޕިސޯޑު މި މަހުގެ 24 ވަނަ ދުވަހު އޮން އެއަރ ކުރަން ނިންމާފައިވާ ޚަބަރެވެ. މި މަހުގެ ނިޔަލަށް ޝޯވ ދަންމާލާނެ ކަމަށްވެސް މީގެކުރިން ވަނީ އަޑުފެތުރިފައެވެ.

މި ޝޯވ ނިންމާލުމަށްފަހު ޝޯވގެ ފުރަތަމަ ބައިގެ ލީޑް ތަރިންކަމަށްވާ ދިޝާ ޕަރްމަރް އާއި ނަކުލް މެހެތާގެ އައު ޝޯވ އެއް ގެނެސްދޭން ތައްޔާރުވަމުން އަންނަ ކަމަށްވެސް މުނިފޫހިފިލުވައިދޭ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

"ބަޅޭ އައްޗޭ ލަގުތޭ ހޭ 2" އަކީ ސޮނީން 2011-2014 އަށް އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް ގެނެސްދިން "ބަޅޭ އައްޗޭ ލަގުތޭ ހޭ"ގެ ދެވަނަ ސީޒަނެވެ. ކުރީގެ ސިލްސިލާގައި ލީޑް ކުޅުނީ ރާމް ކަޕޫރާއި ސާކްޝީ ތަންވަރެވެ. ދެވަނަ ސީޒަން ދައްކަން ފެށީ 2021 ގެ އޮގަސްޓްގަ އެވެ. އަދި މިހާތަނަށް 435 އެޕިސޯޑް ގެނެސްދީފައިވެއެވެ.