ދުނިޔެ

އެމް.އެޗް 370 ގެ މައްސަލާގައި އެއަރލައިނާ ދެކޮޅަށް ދައުވާކޮށްފި


2014 ވަނަ އަހަރު ގެއްލުނު މެލޭޝިއަން އެއަރލައިންސްގެ އެމް.އެޗް 370 ގައި ދަތުރުކުރި ބާރަ ފަސިންޖަރެއްގެ ޢާއިލާއިން، އެ އެއަރލައިނާ ދެކޮޅަށް ދަޢުވާކޮށްފިއެވެ.

މޮންޓްރެއާލް ކޮންވެންޝަން ބުނާގޮތުން މިފަދަ މައްސަލައަކާއި ގުޅިގެން ކޯޓުގައި ދަޢުވާ ކުރެވޭނީ، ހާދިސާ ހިނގާތާ 2 އަހަރު ފަހުންނެވެ. އެމް.އެޗް 370 ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހުގައެވެ. މި ބޯޓު ގެއްލުނުއިރު، ފަޅުވެރިންނާއެކު 239 މީހުން އެ ބޯޓުގައި ތިއްބެވެ.

މެލޭޝިއާގެ ހައިކޯޓަށް ހުށައަޅާފައިވާ މައްސަލައިގައި ދަޢުވާކޮށްފައިވަނީ މެލޭޝިއަން އެއަރލައިންސް ސިސްޓަމްސް އާއި ދެކޮޅަށް، އެ ފަރާތުން ފަރުވާކުޑަކޮށްފައި ވާކަމަށް ބުނެއެވެ.

މެލޭޝިއަން އެއާލައިންގެ އިތުރުން ބޯޓުގެ އިންޝިއުރެންސް ކުންފުނި އަލިއަންޒް އަދި ބޯޓު އުފެއްދި ކުންފުނި ބޮއިންގް ކުންފުނި ވެސް ވަނީ މިކަމުގައި ކުށްވެރިވާ ފަރާތް ތަކުގެ ތެރޭގައި ހިމަނާފައެވެ.