ބްރޯޑްކާސްޓިން ދާއިރާއިން ޕީއެސްއެމްއަށް ތަމްރީނާއި އެހެނިހެން ފުރުސަތުތައް ފަހިކުރުމާއި ގުޅޭގޮތުން، މަޝްވަރާކުރައްވައިފިއެވެ.
މިމަޝްވަރާތައް ކުރިއަށް ގެންދިޔައީ ޕީއެސްއެމާއި ރާއްޖޭގެ މީޑިއާތައް ރެގިއުލޭޓްކުރާ ބައެއްފަރާތްތަކާއެކު އޭބީޔޫގެ ނާއިބު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
މިހާރު ކުރިޔަށްދާ 7 ވަނަ އޭބީޔޫ މީޑިއާގެ ސަމިޓްގެ ހަވާސާގައި ބޭއްވި މިބައްދަލުވުމުގައި ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރ އަލީ ޚާލިދުވަނީ އޭބީޔޫއަށް ލިބޭ އެކި އެކި ތަމްރީން ފުރުސަތުތައް ޕީއެސްއެމްއަށް ލިބޭނެ މަގުފަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ޗައިނާގެ ދައުލަތުގެ މީޑިއާގެ އިސް މަގާމެއްވެސް އަދާކުރަމުން އަންނަ ޔަން ޗެންގްޝެންގްއާއެކު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ކޯވިޑް-19ގެ ކުރިން ޗައިނާއިން ދެމުންގެންދިޔަ ތަމްރީން ޕްރޮގްރާމްތައް އަލުން ފެށުމާއި ގުޅެގޮތުންވެސްވަނީ މަޝްވަރާ ކުރައްވާފައެވެ.
މިބައްދަލުވުމުގައި ބްރޯޑްކާސްޓިންގ ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ދެބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި އޭބީޔޫގެ ނައިބު ރައީސް ވަނީ ރާއްޖޭގެ މީޑިއާއާއި ބްރޯޑްކާސްޓިން ދާއިރާ ކުރިއެރުވުމަށް އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މަސައްކަތްކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުރިހަމަކަމާއެކު މިސަމިޓް އިންތިޒާމްކުރީތީ އޭބީޔޫގެ ނައިބު ރައީސް ވަނީ ޕީއެސްއެމަށް ޝުކުރުއަދާކޮށްފައެވެ.
މި ބައްދަލުވުމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާއާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް އަހްމަދު މުސްތަފާ ބައިވެރިވެވަޑައިގެންނެވިއެވެ.