ޚަބަރު

ރާއްޖޭގައި އިސްލާމީ ޝަރީޢަތް ތަންފީޒުކުރާނަން - ސުޕްރީމް ކޯޓް


އެމްނެސްޓީއިންޓަރނޭޝަނަލް ފަދަ ބައިނަލްއަޤުވާމީ ޖަމްޢިޔާތައް ކަންބޮޑުވުންފާޅުކުރިނަމަވެސް ދިވެހިރާއްޖޭގައި އިސްލާމީ ޝަރީޢަތް ތަންފީޒުކުރައްވާނެކަމަށްދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ.

 ސުޕްރީމް ކޯޓުން މިހެންވިދާޅުވީ އެމްނެސްޓީ އިންޓަރނޭޝަނަލްގެ "ސްޓޭޓް އޮފް ދަ ވޯލްޑް ހިއުމަންރައިޓްސް" ރިޕޯޓުގައި ރާއްޖޭގެ ޝަރުޢީ ދާއިރާއާ ގުޅޭގޮތުން ހިމަނާފައިވާކަންކަމަށް ރައްދުދެއްވައި އިނގިރޭސިބަހުން ނެރުއްވާފައިވާ ބަޔާނެއްގައެވެ.

ސުޕްރީމް ކޯޓުން ނެރުއްވި ބަޔާނުގައި، އިސްލާމީ ޝަރީޢަތުގައި ބަޔާންކުރައްވައިފައިވާ ހައްދުތައް ރާއްޖޭގައި ތަންފީޒުކުރެވޭތީ އެމްނެސްޓީންކަންބޮޑުވުން ފާޅުކޮށްފައިވީނަމަވެސް އިސްލާމީ ޝަރީޢަތުގައި ބަޔާންކުރާ ހައްދުތައް ތަންފީޒުކުރުމަކީ ޢަދުލު އިންސާފު ޤާއިމުކުރުމަށް އޮތް އެންމެ ފުރިހަމަނިޒާމުކަމަށް ދިވެހިރައްޔިތުންނާއި ރާއްޖޭގެ ޝަރުޢީ ދާއިރާއިން ޤަބޫލުކުރައްވާކަމަށްވިދާޅުވެފައިވެއެވެ.

ހިއުމަން ރައިޓްސްކޮމިޝަންގެ މުސްތަޤިއްލުކަމަށް ސުޕްރީމް ކޯޓުން ހުރަސްއަޅުއްވައިފައިވާކަމަށްއެމްނެސްޓީގެ ރިޕޯޓުގައި ބުނެފައިވާތީ އެކަމަށް ރައްދުދެއްވައި ސުޕްރީމްކޯޓުންވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަން ހިންގަންޖެހޭގޮތުގެ ގައިޑްލައިން އެކޯޓުންކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ދިފާޢުކުރައްވައި،މުސްތަޤިއްލު ކޮމިޝަންތަކަކީ ހަމައެކަނި ދިވެހިރައްޔިތުންނަށް ޖަވާބުދާރީވާ މުއައްސަސާތަކަށް ވާންޖެހޭނެކަމަށް ޤާނޫނުއަސާސީގައި ބުނާ ބުނުން ކަށަވަރުކުރެއްވުމުގެ ގޮތުންކަމަށެވެ.

ރާއްޖޭގެ ޝަރުޢިއްޔާއާއި،ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަބަދުވެސް މަސައްކަތް ކުރައްވަނީ ޤާނޫނީ އިމުގެތެރެއިން ޢަދުލު އިންސާފު ޤާއިމުކުރެއްވުމަށާއި، އިންސާނީ ޙައްޤުތައް އެއްވެސްތަފާތުކުރުމެއް ނެތި ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެއްވުންކަމަށް މިބަޔާނުގައިވެއެވެ.އެމްނެސްޓީ އިންޓަރނޭޝަނަލްގެ ރިޕޯޓުގައި ރާއްޖޭގެ ޝަރުޢީ ދާއިރާއާ ގުޅޭގޮތުންހިމަނުއްވާފައިވާ ވާހަކަތަކަކީ ޞައްޙަނޫން ވާހަކަތަކެއް ކަމަށާއި، ޞައްޙަމައުލޫމާތު ހޯދުމަށް މަސައްކަތް ކޮށްފައި ނުވާކަންވެސް  ދައްކުވައިދެނީއެމްނެސްޓީން ރާއްޖޭގެ ޝަރުޢީ ދާއިރާއާއި ރައްޔިތުންނާމެދު ހެޔޮނިޔަތެއް އަދިއިޚްލާޞްތެރިކަމެއް ނެތްކަންކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއެވެ. އަދި މިކަމަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ރާއްޖޭގެ ހައިބަތާއި ޤަދަރު ވައްޓާލުމަށްއެމްނެސްޓީން ގަސްތުގައި ކޮށްފައިވާކަމެއް ކަމަށް ބެލެވޭކަމަށް ސުޕްރީމް ކޯޓުގެބަޔާނުގައިވެއެވެ.

ރާއްޖޭގެ ވަކި ސިޔާސީފަރާތަކަށް އެމްނެސްޓީ އިންޓަރނޭޝަނަލުން ކުރާ ތާއީދަކީ ރާއްޖޭގެ ޝަރުޢީދާއިރާއިން އެމީހަކާމެދު ތަފާތުގޮތަކަށް ޢަމަލުކުރަންވީ ސަބަބެއް ނޫންކަމަށާއި،ރާއްޖޭގައި ޤާނޫނުގެ ޙުކޫމަތު އެންމެންގެ މައްޗަށް، ހަމަހަމައަށް ހިނގާނެކަމަށްސުޕްރީމް ކޯޓުގެ ބަޔާނުގައިވެއެވެ. ސުޕްރީމްކޯޓުން ވިދާޅުވީ ދިވެހިރާއްޖޭގެޝަރުޢިއްޔާއިން އެމްނެސްޓީ އިންޓަރނޭޝަނަލް ފަދަ ޖަމްޢިއްޔާތައް ހިންގާ ފަރާތްތައް ރުއްސަން ނުޖެހޭކަމަށާއި، ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ ހިންގަމުންދަނީ އެއްވެސްފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާ މުސްތަޤިއްލުކަމާއެކުކަމަށެވެ.

އެހެންނަމަވެސް ޝަރުޢީދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް ބައިނަލްއަޤުވާމީ ފަރާތްތަކުގެ ބިނާކުރަނިވިފާޑުކިއުމަށް ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއިން އަބަދުވެސް މަރުޙަބާ ވިދާޅުވާނެކަމަށާއި،އެހެންނަމަވެސް ޙަޤީޤަތެއް ނެތް ކަންތައްތަކެއް މައްޗަށް ބިނާކޮށް ޒާތީމަސްލަޙަތެއް ޙާޞިލްކުރުމަށް ނެރޭ އެފަދަ ރިޕޯޓްތަކަށް މަރުހަބާ ވިދާޅުނުވާނެކަމަށްސުޕްރީމް ކޯޓުގެ ބަޔާނުގައިވެއެވެ.