ދުނިޔެ

ސޫރިޔާގައި ދިން ކާރުބޮމުގެ ޙަމަލާއެއްގައި 18 މީހުން މަރުވެއްޖެ


ސޫރިޔާގެ ރަށެއްކަމަށްވާ ގުނައިތިރާގައި ކާރު ބޮމެއް ގޮއްވާލުމުގެ ސަބަބުން އަށާރަ މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

މިޙަމަލާ ޢަމާޒުކޮށްފައިވަނީ، ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޖަމާޢަތެއް ކަމަށްވާ "ޖަބްހަތު ޘުއްވާރު ސޫރިޔާ"ގެ މަރުކަޒަކަށެވެ. މިޙަމަލާގައި މަރުވި މީހުންނަކީ، އެޖަމާޢަތުގެ ހަނގުރާމަވެރިންނާއި ކޮމާންޑަރުންނެވެ. މަރުވި މީހުންގެތެރޭގައި އެޖަމާޢަތުގެ އިސް ލީޑަރެއްކަމަށްވާ އަބޫހަމްޒާ އައްނުއައިމީ ވެސް ހިމެނޭ ކަމަށް ޚަބަރުލިބެއެވެ.

މިއީ ހައްދު ފަހަނަޅާފައިވާ އައިއެސް ޖަމާޢަތުގެ ޓެރަރިސްޓް ޢަމަލެއްކަމަށް "ޖަބްހަތު ޘުއްވާރު ސޫރިޔާ" ޖަމާއަތުގެ ތަރްޖަމާން ސުހައިބު އައްރުޙައިލް ތުހުމަތުކުރައްވާފައިވެއެވެ.