ޚަބަރު

ފޭދޫގައި 6 އަހަރުގެ ކުއްޖަކު ގެނބިގެން މަރުވެއްޖެ


އައްޑޫސިޓީ ފޭދޫގައި 6 އަހަރުގެ ކުއްޖަކު މޫދަށް ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އެކުއްޖާ މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ގެންދަނިކަމަށެވެ.

ފުލުހުން ވިދާޅުވީ އައްޑޫ ސިޓީ ފޭދޫ ޓްރެކް ސަރަޙައްދުގައި ހުރި ރެސްޓޯރެންޓަކަށް ޢާއިލާއާއެކު ދިޔަ ކުޑަކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެ ކުއްޖާ ފެނުނީ ހަވީރު 17:50 ހާއިރު، މޫދުގައި އޮއްވާކަމަށެވެ. އެކުއްޖާ މޫދުން ނަގައިގެން ފޭދޫ ޞިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަކަމަށާއި، މަރުވީ އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށް ކަމަށެވެ.