ކުޅިވަރު

ދެވަނަ މެޗުގައި ސިކްސާސް އަތުން ސެލްޓިކްސްއަށް މޮޅެއް


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ ޕްލޭއޮފްސް އީސްޓަން ކޮންފަރެންސް ސެމީ ފައިނަލުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް ބަލިކޮށް ބޮސްޓަން ސެލްޓިކްސްއިން މިސީރީޒް އެއްވަރުކޮށްފިއެވެ.

ބޮސްޓަންގެ ޓީޑީ ގާޑެންގައި ކުޅުނު މިމެޗް ސެލްޓިކްސް ކާމިޔާބު ކުރީ 121 ޕޮއިންޓް 87 ޕޮއިންޓްގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

ސެލްޓިކްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެޓީމްގެ ޖޭލެން ބްރައުން ވަނީ 25 ޕޮއިންޓް ހޯދާދީ 3 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ. އަދި މެލްކޮމް ބްރޮގްޑަންވަނީ 23 ޕޮއިންޓް ހޯދާދީ 6 ރީބައުންޑް ނަގައިދީ ދެއެސިސްޓް ކޮށްފައެވެ.

ސެވަންޓީ ސިކްސާސްއިން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 12 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައިދީ 4 އެސިސްޓް ދިން ޖޭމްސް ހާޑެންއެވެ.

މިކާމިޔާބީއާއެކު މިސީރީޒް އެއް މެޗް އެއްމެޗުން އެއްވަރު ވީއިރު މިދެޓީމްގެ މެދުގައި ކުޅޭ ތިން ވަނަ މެޗް އޮންނާނީ ފިލަޑެލްފިއާގެ ވެލްސް ފާގޯ ސެންޓަރުގައެވެ.