ދުނިޔޭގެ ވިޔަފާރި

ވޯލްޓް ޑިޒްނީއިން އަނެއްކާވެސް މުވައްޒަފުން މަދުކޮށްފި


އެމެރިކާގެ މާސް މީޑިއާ ކުންފުނި ވޯލްޓް ޑިޒްނީއިން އަނެއްކާވެސް މުވައްޒަފުން މަދުކޮށްފިއެވެ.

މި ފަހަރު މަދުކޮށްފައިވާ ވަޒީފާތަކުގެ އަދަދު 4000 އަށް އަރާނެކަމަށް ހަބަރުތައް ބުނެއެވެ،

ވަޒީފާތައް މަދުކުރުމުގެ ސަބަބުން ސްޕޯޓްސް ޗެނަލް އީއެސްޕީއެން އާއި ފިލްމު ސްޓޫޑިއޯތައް ހިމެނޭ ގޮތަށް މުޅި ކުންފުންޏަށް ގެއްލުންވާނެއެވެ. ނަމަވެސް މުވައްޒަފުން މަދުކުރުމުގެ ސިޔާސަތުގެ ދަށުން އިސްސަފުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަސަރެއް ނުކުރާނެކަމަށް ޑިޒްނީއިން ބުނެއެވެ.

ކުންފުނީގެ ކުރީގެ ވެރިޔާ ބޮބް ޗަޕެކް އަށްފަހު ނޮވެމްބަރުމަހު އެނބުރި ކުންފުންޏާއި ގުޅުނު ޑިޒްނީގެ ގިނަ ދުވަސްވީ ވެރިޔާ އައިގަރ ވަނީ އެ ކުންފުނީގެ ވިޔަފާރި ސްޓްރީމްލައިން ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.

ފެބްރުއަރީމަހު މަދުކުރާނެކަމަށް އިއުލާންކުރި 7،000 މީހުންގެ ވަޒީފާއަކީ މިދިޔަ އޮކްޓޯބަރުމަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކުންފުނީގައި ވަޒީފާ އަދާކުރި 220000 މުވައްޒަފުންގެ ވަޒީފާގެ ގާތްގަނޑަކަށް %3 އެވެ. އެ ކުންފުނިން މުވައްޒަފުން މަދުކުރަން ފުރަތަމަ ފެށީ މިދިޔަ މަސް ނިމުނުއިރުއެވެ.

ޑިޒްނީގެ ޓީވީ އަދި ފިލްމީ ވިޔަފާރި ދަށްވަމުންދާއިރު، ސްޓްރީމިން ޔުނިޓަށްވެސް ބޮޑެތި ގެއްލުންތަކެއް އަންނަނީ ލިބެމުންނެވެ.

ޗީފް އެގްޒެކެޓިވް ބޮބް އައިގާ ވަނީ ކުންފުނީގެ ހަރަދުން 5.5 ބިލިއަން އެމެރިކާ ޑޮލަރު ކުޑަކުރުމުގެ ސިޔާސަތެއް މިދިޔަ ފެބްރުއަރީމަހު އިއުލާނުކުރައްވާފައެވެ.