ޚަބަރު

ކެޔޮދޫ މިސްކިތަށް ގެއްލުންދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި


ވ. ކެޔޮދޫގައި މިސްކިތަށް ގެއްލުން ދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވި ގޮތުގައި ހައްޔަރުކޮށްފައިވަނީ ޢުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކެވެ.

ކެޔޮދޫ މިސްކިތަށް ގެއްލުންދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފައި މިވަނީ، މިސްކިތުގައި ހުރި ގިނަ ޢަދަދެއްގެ މުސްޙަފް ވީދާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. ނަމަވެސް މިސްކިތަށް ގެއްލުންދިން މީހާގެ މައްޗަށް އެ ތުހުމަތު ނުކުރެވޭކަމަށް އެރަށު ކައުންސިލުން ވިދާޅުވިއެވެ.

ކެޔޮދޫ މިސްކިތުގައި ހުރި ގިނަ ޢަދަދެއްގެ މުސްޙަފްތައް ވިދާލާފައިވާއިރު، އެންމެ ފުރަތަމަ އެކަން ފާހަގަވީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ކަމަށް އެރަށު ކައުންސިލުން ވިދާޅުވިއެވެ. އެފަހަރު 10 މުސްޙަފް ވިދާލައިފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހު 20 މުސްޙަފް ވިދާލާފައިވާކަމަށް ކައުންސިލުން ވިދާޅުވިއެވެ. އަދި އެއްވެސް މުސްޙަފެއް އެއްކޮށް ވިދާލާފައިނުވާ ކަމަށާއި، އެއްވެސް ގަނޑެއްވެސް އެއްކޮށް ވީދާލާފައި ނުހުންނަކަމަށް ކައުންސިލުން ވިދާޅުވިއެވެ.

ކެޔޮދޫ ކައުންސިލުން ވިދާޅުވީ މިހާރު އެ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ. އަދި ފުލުހުން ވަނީ އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ވިދާޅުވެފައެވެ.