ޚަބަރު

ކުޑަ 2 ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި 4 މީހަކު ހައްޔަރުކޮށްފި


ދެކުނުގެ ރަށެއްގައި ގެސްޓް ހައުސްއަކަށް ކުޑައަންހެން ކުއްޖަކު ގެންގޮސް، ޖިންސީ ގޯނާކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ދެކުނު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ރޭ 11:02 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރެއްވީ 63 އަހަރުގެ ފިރިހެނެކެވެ. އަދި އޭގެފަހުން 25 އަހަރުގެ ފިރިހެނަކު ވެސް ވަނީ ހައްޔަރުކުރައްވައިފައެވެ.

މީގެ އިތުރަށް ދެކުނުގެ ރަށެއްގައި އިތުބާރު ކުރެވޭ މަޤާމެއްގައި ހުރި މީހަކު އުމުރުން 13 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއްވެސް ފުލުހަށް ވަނީ ހުށައަޅާފައެވެ. މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 33 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމީހާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.