ޚަބަރު

މިދިޔަ އަހަރު އިސްތިޢުނާފަށް ހުށައަޅާފަވަނީ 2 އިންސައްތަ މައްސަލަ


ޝަރުޢީ ކޯޓުތަކުން ނިންމަވައިފައިވާ މައްސަލަތަކުގެ ތެރެއިން 2015 ވަނައަހަރު އިސްތިޢުނާފަށް ހުށައަޅުއްވާފައިވަނީ 2 އިންސައްތަ މައްސަލަކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހާމަކުރައްވައިފިއެވެ.

tw:https://twitter.com/djajudiciary/status/703626035204587520

އެ ޑިޕާޓްމަންޓުން ހާމަކުރައްވާ ގޮތުގައި 2015 އަހަރު ދަށު ކޯޓުތަކުން 19،340 މައްސަލަ ނިންމަވައިފައިވެއެވެ. އޭގެތެރެއިން އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށައަޅާފައިވަނީ 415 މައްސަލައެވެ. އެއީ 2015 ވަނަ އަހަރު ނިންމި މައްސަލަތަކުގެ 2.1 އިންސައްތަ މައްސަލައެވެ. ވޭތުވެދިޔަ އަހަރު އެންމެ ގިނައިން އިސްތިއުނާފަށް ހުށައަޅައިފައިވަނީ ސިވިލް ކޯޓުން ހުށައެޅި މައްސަލަތަކެވެ. އެއީ ޖުމްލަ 147 މައްސަލައެވެ. 

ޖިނާއީ މައްސަލަތަކުގެ ތެރެއިން 115 މައްސަލަ 2015 ވަނައަހަރު އިސްތިއުނާފަށް ހުށައަޅާފައިވެއެވެ. މެޖިސްޓްރޭޓް ކޯޓުތަކުން 12،000 އަށްވުރެ ގިނަ މައްސަލަ ނިންމާފައިވާއިރު އޭގެތެރެއިން އިސްތިއުނާފަށް ހުށައަޅައިފައިވަނީ 138 މައްސަލައެވެ. ޝަރުޢީ ކޯޓުތަކުގެ ހިންގެވުން ހަރުދަނާ ކުރެއްވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްނަންގަވައިގެން އެޅުއްވި ފިޔަވަޅުތަކާ ގުޅިގެން ޝަރުޢީ ކޯޓުތަކުން ނިންމަވާ މައްސަލަތަކުގެ އަދަދު އެހެން އަހަރުތަކާ އަޅާ ބަލާއިރު 2015 ވަނައަހަރު އިތުރުވެފައިވެއެވެ.