ވިޔަފާރި

ބިދޭސީން އަހަރަކު 5.4 ބިލިޔަން ރުފިޔާ ރާއްޖެއިން ބޭރުކުރޭ


ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން މުސާރަ އާއި އިނާޔަތުގެ ގޮތުގައި މިދިޔަ އަހަރު 5.4 ބިލިއަން ރުފިޔާ ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ 355 މިލިއަން ޑޮލަރެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި މިހާރު 135 ހާހަށްވުރެ ގިނަ ބިދޭސީން ވަޒީފާ އަދާކުރަމުންދެއެވެ. މީގެ ތެރޭގައި ޤަވަޢިދާ ޚިލާފަށް އުޅޭ މީހުން ނުހިމެނޭކަމަށް އިމިގްރޭޝަނުން ވަނީ ހާމަކުރައްވާފައެވެ.

މި އަހަރަށް ދައުލަތުގެ ބަޖެޓް ހުށަހެޅުއްވިއިރު ބިދޭސީން ބޭރަށް ފޮނުވާ ފައިސާއިން ތިނެއް އިންސައްތައިގެ ރެމިޓެންސް ފީއެއް އަންނަ ޖޫން މަހުން ފެށިގެން ނަންގަވާ ގޮތަށް ވަނީ ނިންމާފައެވެ. އަދި ރެމިޓެންސް ފީގެ ގޮތުގައި މި އަހަރު 56 މިލިއަން ރުފިޔާ ލިބޭނެކަމަށް އެ ބަޖެޓްގައި ލަފާކުރައްވާފައިވެއެވެ.