ޚަބަރު

ފުރަތަމަ ފަހަރަށް ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް


ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް ޝާޒް ކާމިޔާބުކުރައްވައިފިއެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ތިން ކެނޑިޑޭޓަކު ވާދަކުރެއްވިއެވެ. އެއީ ޕީޕީއެމްގެ ކެނޑިޑޭޓް ޙުސައިން ރިޟާ އާދަމް އާއި، އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް ޝާޒްގެ އިތުރުން އެމްއެންޕީގެ ކެނޑިޑޭޓް ޢަލީ އާރިފްއެވެ.

ޕީޕީއެމުން ކޮންޓްރޯލްކުރަމުން އައި ގުރައިދޫ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިންތިޚާބު ކާމިޔާބުކުރީ އެމްޑީޕީގެ ކެނޑިޑޭޓެވެ.

މި އިންތިޚާބުގައި ޖުމްލަ 6 ވޯޓު ފޮށި ބެހެއްޓިއެވެ. އެގޮތުން ގުރައިދޫގައި 2 ވޯޓު ފޮށި، މާފުށީގައި 2 ވޯޓުފޮށި، ގުޅީގައި 1 ފޮށީގެ އިތުރުން އެދާއިރާގެ ރައްޔިތުން ވޯޓުލުމަށް މާލޭގައި ބެހެއްޓި 1 ވޯޓު ފޮއްޓެވެ.

ގުޅީގައި ބެހެއްޓި ވޯޓު ފޮށި

1- ޙުސައިން ރިޟާ އާދަމް (ޕީޕީއެމް) 242 ވޯޓު
2- އިބްރާހީމް ޝާޒު (އެމްޑީޕީ) 255 ވޯޓު
3- ޢަލީ ޢާރިފް (އެމްއެންޕީ) 16 ވޯޓު

ގުރައިދޫ 1 ނަންބަރު ވޯޓު ފޮށި

1- ޙުސައިން ރިޟާ އާދަމް (ޕީޕީއެމް) 219 ވޯޓު
2- އިބްރާހީމް ޝާޒު (އެމްޑީޕީ) 179 ވޯޓު
3- ޢަލީ ޢާރިފް (އެމްއެންޕީ) 21 ވޯޓު

ގުރައިދޫ 2 ނަންބަރު ވޯޓު ފޮށި

1- ޙުސައިން ރިޟާ އާދަމް (ޕީޕީއެމް) 210 ވޯޓު
2- އިބްރާހީމް ޝާޒު (އެމްޑީޕީ) 246 ވޯޓު
3- ޢަލީ ޢާރިފް (އެމްއެންޕީ) 14 ވޯޓު

މާފުށި 1 ނަންބަރު ވޯޓު ފޮށި ނެތް

1- ޙުސައިން ރިޟާ އާދަމް (ޕީޕީއެމް) 226 ވޯޓު
2- އިބްރާހީމް ޝާޒު (އެމްޑީޕީ) 308 ވޯޓު
3- ޢަލީ ޢާރިފް (އެމްއެންޕީ) 27 ވޯޓު

މާފުށި 2 ނަންބަރު ވޯޓު ފޮށި

1- ޙުސައިން ރިޟާ އާދަމް (ޕީޕީއެމް) 179 ވޯޓު
2- އިބްރާހީމް ޝާޒު (އެމްޑީޕީ) 196 ވޯޓު
3- ޢަލީ ޢާރިފް (އެމްއެންޕީ) 24ވޯޓު

މާލޭގައި ބެހެއްޓި ވޯޓު ފޮށި

1- ޙުސައިން ރިޟާ އާދަމް (ޕީޕީއެމް) 150 ވޯޓު
2- އިބްރާހީމް ޝާޒު (އެމްޑީޕީ) 162 ވޯޓު
3- ޢަލީ ޢާރިފް (އެމްއެންޕީ) 20 ވޯޓު

ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ކެނޑިޑޭޓަށް ލިބިވަޑައިގަތީ 1226 ވޯޓެވެ. އެމްޑީޕީގެ ކެނޑިޑޭޓަށް ލިބިވަޑައިގަތީ 1346 ވޯޓެވެ. އަދި އެމްއެންޕީގެ ކެނޑިޑޭޓަށް ލިބިވަޑައިގަތީ 122 ވޯޓެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންތިޚާބުގެ ކަންކަން ކުރިއަށް ދިޔައީ ސުލްހަވެރިކަމާއެކުކަމަށެވެ. ނަމަވެސް ވިއްސާރަވުމުގެ ސަބަބުން ގިނަބަޔަކަށް ވޯޓުލުމަށް ފުރުޞަތު ދިނުމުގެ ގޮތުން ވަގުތު އިތުރުކުރުމުން ބައެއް ސިޔާސީ ޕާޓީތަކުން ޝަކުވާ ލިބިފައިވާކަމަށެވެ. އެގޮތުން ރަސްމީކޮށް 2 ޝަކުވާ ހުށައެޅިފައިވާކަމަށާއި، ނަމަވެސް ނަތީޖާއަށް އަސަރުކުރާނެފަދަ ޝަކުވާއެއް މިހާތަނަށް ލިބިފައިނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާފައި މިވަނީ އެދާއިރާގެ ގޮނޑި ތިން ދައުރު ފުރުއްވި ޕީޕީއެމްގެ އިބްރާހީމް ރިޟާ މިދިޔަ ފެބުރުއަރީ މަހު އަވަހާރަވުމާއި ގުޅިގެންނެވެ.