މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން 4 އަތޮޅަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މެންދުރު 1:00 އިން އިރުއޮއްސި 6:00 އަށް އެލާޓް ނެރުނީ ކ، އއ، އދ އަދި ވ އަތޮޅުގެ ރަށްތަކަށެވެ.
މެޓް އޮފީހުން ބުނީ އެ 4 އަތޮޅަށް ގުގުރުމާއެކު، ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.
މިއަދު ހެނދުނުވެސް މާލެއާއި އަދި މާލެ ކައިރި ރަށްތަކަށްވެސް ގުގުރުމާއެކު ބޯކޮށް ވާރޭވެހިފައިވެއެވެ.
Heavy rain and thunderstorms are expected. pic.twitter.com/xXt0nD8ZB9
— Maldives Meteorology (@MetMaldives) April 15, 2023
މެޓް އޮފީހުން ބުނީ ރާއްޖޭގެ ދެކުނަށްވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ބައެއް ސަރަހައްދުތަކަށް ވިއްސާރަނަަމަވެސް، ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މެޓް އޮފީހުން ބުނީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން މަދު ވަގުތުކޮޅެއްގެ ތެރޭގައި ވަރަށް ބޯކޮށް ވާރޭވެހޭކަން ފާހަގަކުރެވިފައިވާކަމަށެވެ.