ޚަބަރު

ރަށްރަަށުގައި ބޭއްވި އިހްޔާ ފޯރަމްތަކުގެ އިނާމްތައް ލިބުނު ފަރާތްތައް ހޮވައިފި


މި ރޯދަމަހު އަތޮޅުތަކުގައި ބޭއްވި އިޙްޔާ ފޯރަމްތަކުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ބާއްވައި، އިނާމުތައް ހަވާލުކޮށްފިއެވެ.

ކުރިން ހަމައެކަނި މާލޭގައި ބާއްވަމުން އައި އިޙްޔާ ފޯރަމްތައް، މިދިޔަ އަހަރުން ފެށިގެން އިސްލާމިކް މިނިސްޓްރީން ވަނީ އަތޮޅުތަކުގައިވެސް ބާއްވަން ފަށާފައެވެ.

މިއަހަރު 7 ރަށެއްގައި އިޙްޔާ ފޯރަމް ވަނީ ބާއްވާފައެވެ. އެއީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ހއ.ހޯރަފުށި، ރ.ދުވާފަރު، ޅ.ނައިފަރު، އަދި ގދ. ތިނަދުއެވެ.

އިޙްޔާ ފޯރަމްތައް ކުރިއަށްގެންދަނީ ބައިވެރިންނަށް އަގުހުރި އިނާމުތައް ލިބޭގޮތަށެވެ. މިގޮތުން މިއަހަރު ރަށްރަށުގައި ބޭއްވި އިހްޔާ ފޯރަމްތަކުގެ ގުރުއަތުނެގުން ބާއްވާފައިވަނީ ރޭ ފުވައްމުލައް ސިޓީގައި ބޭއްވި އިޙްޔާ ފޯރަމަށްފަހުއެވެ. މިއީ މި ރޯދަމަހު މާލެއިން ބޭރުގައި ބާއްވާ ފަހު އިޙްޔާ ފޯރަމްއެވެ.

އިޙްޔާ ފޯރަމްތައް އަގުހުރި އިނާމުތައް ހިމެނޭ ޤުރުއަތުގައި، 1 ވަނަ އިނާމު ލިބިފައިވަނީ ހޯރަފުށީގައި ބޭއްވި އިޙްޔާ ފޯރަމްގެ ބައިވެރިއަކަށެވެ. 2 ވަނަ އަދި 3 ވަނަ އިނާމު ލިބުނީ ފުވައްމުލައް ސީޓީގެ ދެ ބައިވެރިއަކަށެވެ.

އިހްޔާ ފޯރަމްގެ ގުރުއަތުން ހޮވުނު ފަރާތްތަކަށް ލިބުނު އިނާމު:

  • 1 ވަނަ – AIF HOA 282
  • މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ދޭ ޢުމްރާ ދަތުރު
  • 2 ވަނަ- AIF FVM 363
  • އުރީދޫން ސްޕޮންސަރކޮށްފައިވާ އައިފޯން 13
  • 3 ވަނަ- AIF FVM 768
  • ރެއިންބޯއިން ސްޕޮންސަރގެ ގޮތުގައި ދޭ ސޯފާސެޓް

ގުރުއަތުން ހޮވުނު ފަރާތްތަކުން ނަންބަރުކޮޅުގެ ފޮޓޯ އާއި އައިޑީކާޑުގެ ފޮޓޯ 7910208 ނަންބަރަށް ވައިބަރކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ.