ޚަބަރު

މޫސާ މަނިކުގެ މަންމަ ނިޔާވެއްޖެ


ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކުގެ މަންމަ ހ. ކުޑަހެންވޭރުގޭ އާމިނަތު މަނިކެ (ކަތުގޭ އާމިނާ މަނިކެ) މިއަދު ނިޔާވެއްޖެއެވެ. އާމިނާ މަނިކެ ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް މިއަދު މެންދުރުފަހު 15:00 ހާއިރުއެވެ. ނިޔާވިއިރު ޢުމުރަކީ 82 އަހަރެވެ.

އާމިނާ މަނިކެގެ 6 ދަރިންގެ ތެރެއިން މިވަގުތު ދުނިޔޭގައި ތިއްބެވީ މޫސާ މަނިކާއެކު 4 ދަރިންނެވެ. އާމިނާ މަނިކެއަކީ މާލޭގައި އަވަށު އޮފީސްތައް ހިންގި ދުވަސްވަރު ހެންވޭރު އަވަށުގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަނބަލެވެ.

އާމިނާ މަނިކެގެ ޖަނާޒާ އޮތީ މިރޭ މެންދަމު 12:00 އާސަހަރާ މިސްކިތުގައެވެ.