ޚަބަރު

ފޭދުއާއި ހުޅުމީދޫއާ ދެމެދު އެމްޓީސީސީން ކާގޯ ފެރީ ބާއްވަނީ


އެމްޓީސީސީން އައްޑޫ ސިޓީ ފޭދޫއާއި ހުޅުމީދޫއާ ދެމެދު ކާގޯފެރީ ބާއްވަން ހަމަަޖައްސައިފިއެވެ.

އެމްޓީސީސީން ބުނީ މިހާރު ބޭނުންކުރާ ފެރީތަކުގައި ގިނަމުދާ އެއްފަހަރާ ގެންދަން ޖާގައެއް ނޯންނަކަމަށެވެ. ފޭދުއާއި ހުޅުމީދޫއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ފަށަން ނިންމީ ބައެއް ފަރާތްތަކުން، ކާގޯ މުދާ ގެންދަން ބޭނުންވާތީކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ އައްޑޫ ފޭދުއާއި ހުޅުމީދޫ އާއި ދޭތެރޭ ކާގޯ ދަތުރުތައް ރޯދަމަހު އޮންނަނީ ކޮންމެ އާދިއްތަ އަދި ބުދަ ދުވަހުކަމަށެވެ. އަދި ރަމަޟާން މަސް ނިމުމުން ކޮންމެ އާދިއްތަ ދުވަހަކު ފެރީ އޮންނާނެ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

އެމްޓީސީސީއިން ހުޅުމީދުއާއި ފޭދުއާ ދެމެދު ކަނޑު ދަތުރު ފަތުރުކުރުމުގެ ޚިދުމަތް ފެށީ 2021 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. ފެރީީގެ ޚިދުމަތް ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު އޮވެއެވެ.