ޚަބަރު

ހިޔާ ފްލެޓްގައި ރޯވީ ދޮންނަމެޝިނެއްގައި، މިހާރު އަލިފާން ނިންވާލައިފި


ހިޔާ ފްލެޓްގައި އަލިފާން ރޯވީ ގެޔެއްގެ ބެލްކަނީގައި ހުރި ދޮންނަ މެޝިނެއްގައިކަމާށާއި، އެމްއެންޑީއެފުން ދިޔައިރުވެސް އަލިފާން ނިއްވާލައިފާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ. އަދި މި ޙާދިސާގައި އެއްވެސް މީހަކަށްވެސް ގެއްލުމެއް ވެފައި ނުވާކަމަށް މަޢުލޫމާތުދެއެވެ.

މި ޙާދިސާ ހިގީ ހިޔާ ފްލެޓް 5ގެ 17ވަނަ ފަންގިފިލާގައެވެ. ޙާދިސާ ހިނގީ މީގެ ގަޑިއެއްހާއިރު ކުރިންނެވެ. އަދި އެ ވަގުތު އެ ޓަވަރުގެ ބައެއް ފަންގިފިލާތަކުން މީހުން ހުސްކުރަން، ފްލެޓްގައި ދިރިއުޅޭ ފަރާތްތަކުން މަސައްކަތްކުރިކަމަށް މަޢުލޫމާތު ލިބެއެވެ.

މިކަމާއި ގުޅިގެން އެމްއެންޑީއެފްއިން ވިދާޅުވީ، އަމިފާން ރޯވީ ބެލްކަނީގައި ހުރި ދޮންނަ މެޝިނެއްގައިކަމަށެވެ. އަދި އެމްއެންޑީއެފްއިން ސީންއަށް ދިޔައިރުވެސް އަލިފާން ނިއްވާލާފައިވާކަމަށެވެ.