ދުނިޔޭގެ ވިޔަފާރި

ޖީ7 ގައުމުތަކުގެ މިއަހަރުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި


ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތައް ނުވަތަ ޖީ7 ގައުމުތަކުގެ މާލީ ވަޒީރުންގެ މިއަހަރުގެ ފުރަތަމަ ބައްދަލުވުން އަންގާރަދުވަހު ބާއްވައިފިއެވެ.

ޓެލެކޮންފަރެންސް މެދުވެރިކޮށް ބޭއްވި މި ބައްދަލުވުމުގައި އެކްސްޕޯޓް ކޮންޓްރޯލްކުރުމާއި އިގްތިސާދީ ސަލާމަތާއި ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

"އަޅުގަނޑުމެން އަލުން ކަށަވަރުކޮށްދެނީ އެކްސްޕޯޓް ކޮންޓްރޯލްތަކަކީ އަސްކަރީ އެޕްލިކޭޝަންތަކަށް މުހިންމު ޓެކްނޮލޮޖީ ޑައިވަރޝަންގެ އިތުރުން ދުނިޔޭގެ، ސަރަހައްދީ، އަދި ގައުމީ ސަލާމަތަށް ނުރައްކާވާ އެހެން ހަރަކާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އަސާސީ ސިޔާސަތުގެ ވަސީލަތެއްކަން،" ބައްދަލުވުމަށްފަހު ނެރުނު ބަޔާނެއްގައިވެއެވެ.

މި ބައްދަލުވުމުގެ ނިންމުމަށްފަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެކްސްޕޯޓް ކޮންޓްރޯލްތަކަކީ އަސްކަރީ އެޕްލިކޭޝަންތަކަށް މުހިންމު ޓެކްނޮލޮޖީ ޑައިވަރޝަންގެ އިތުރުން ދުނިޔޭގެ، ސަރަހައްދީ، އަދި ނުރައްކާތެރި އެހެން ހަރަކާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އަސާސީ ސިޔާސަތުގެ ވަސީލަތެއްކަން އަލުން ކަށަވަރުކޮށްދޭ ކަމަށެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ޗައިނާގެ ޓެކްނޮލޮޖީއާއި އަސްކަރީ ކުރިއެރުންތައް ލަސްކުރުމަށް އަމާޒުކޮށްގެން އެމެރިކާގެ ޗިޕް އުފެއްދުމުގެ ޓެކްނޮލޮޖީގެ ހުރަސްތަކާއި ގުޅިގެން ވިޔަފާރީގެ ކޮންޓްރޯލްތައް އެއްގޮތްކޮށް، ވަކި ސެމީކޮންޑަކްޓަރ އުފެއްދުމުގެ ސާމާނު އެކްސްޕޯޓްކުރުން ހަނިކުރާނެ ކަމަށް ޖަޕާނުން ބުނިތާ ދުވަސްތަކެއް ފަހުންނެވެ.

ވަކި ގައުމެއްގެ ނަން ހާމަނުކޮށް ޖީ7 ގައުމުތަކުން ވަނީ ސަޕްލައި ޗެއިން ރެސިލިއެންސް ރަނގަޅު ކުރުމަށްޓަކައި ޖީ7 ނޫން ބައިވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަން ހާމަކޮށްފައެވެ. އަދި ގައުމުތަކުން ވަނީ ދުނިޔޭގެއިގްތިސާދު މިހާރު ހާލަތާއިމެދު ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.

އެމެރިކާ، ޖަޕާން، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، އިޓަލީވިލާތް އަދި ކެނެޑާ ހިމެނޭ ޖީ7ގެ މާލީ ވަޒީރުން އަންނަ އޮކްޓޯބަރު މަހު ޖަޕާނުގައި ބައްދަލުކުރާނެއެވެ.