ޚަބަރު

ރ.ފައިނު ކޯޓުގެ އިސްމެޖިސްޓްރޭޓަކަށް އިބްރާހީމް ޒާހިރު


ރ.ފައިނު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް އަލްއުސްތާޛު އިބްރާހީމް ޒާހިރު، އައްޔަންކޮށްފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަންއިން ބުނީ، ފައިނު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް އައްޔަންކުރި އަލްއުސްތާޛު އިބްރާހީމް ޒާހިރަކީ ރ.ކިނޮޅަސް މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަޤާމު ފުރުއްވަމުން ގެންދެވި ބޭފުޅެއްކަމަށެވެ.

ޖޭއޭސްސީން ބުނީ މި ބަދަލު ގެނެސްފައިވަނީ ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުން އަންނަ ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ކަމަށެެވެ.

މި ބަދަލާއިއެކު 2023 އޭޕްރީލް 3 ވަނަ ދުވަހުން ފެށިގެން، ރ.ކިނޮޅަސް މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އިބްރާހީމް ޒާހިރު އެ އަތޮޅު، ފައިނު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަޤާމަށް ބަދަލުކުރުމަށް ވަނީ ނިންމާފައިވާކަމަށެވެ.