ވިޔަފާރި

ޓީއެމްއޭގެ ފްލީޓަށް އިތުރު ބޯޓެއް


ޓްރާންސް މޯލްޑިވިއަން އެއަރވޭސް، ޓީއެމްއޭގެ ފްލީޓަށް އައު ބޯޓެއް ގެނެސްފިއެވެ. ޓީއެމްއޭގެ ފްލީޓަށް ގެނެސްފައިވަނީ އެ ކުންފުނިން މިހާރުވެސް ބޭނުންކުރާ ޑީއެޗްސީ-6 ޓުވިން އޮޓާ މަރުކާގެ ބޯޓެކެވެ.

ޓީއެމްއޭއަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ. މިއީ ޓީއެމްއޭގެ ފްލީޓަށް ގެނައި 62 ވަނަ ބޯޓެވެ.

ޓީއެމްއޭއިން ބުނީ އެ އެއަރލައިންގެ ފްލީޓަށް އައު ބޯޓެއް ގެނައީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައި، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނާތީކަމަށެވެ. އަދި ހުޅުވަމުން އަންނަ އައު ރިސޯޓްތަކާއިއެކު ޑިމާންޑް މިއަށްވުރެންވެސް އިތުރުވާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ޓީއެމްއޭއިން އަންނަނީ ރާއްޖޭގެ ގިނަ ރިސޯޓްތަކަކަށް ސީޕްލާންގެ ޚިދުމަތް ދެމުންނެވެ.

ޓީއެމްއޭއިން ޚިދުމަތްދޭން ފަށާފައިވަނީ 1993 ވަނަ އަހަރުއެވެ. އެ ކުންފުނިން މިހާރު އަންނަނީ 80 އަށް ވުރެ ގިނަ ރިސޯޓަށް ދަތުރުކުރަމުންނެވެ.