ޚަބަރު

ދިއްތުނޑީގައި ފަތުރުވެރިކަމުގެ ޕްރޮޖެކްޓެއް!


މުލަކައަތޮޅު ކޮޅުފުށީ އިހްތިސާސްގައި ހިމެނޭ ދިއްތުނޑީގައި ފަތުރުވެރިކަމުގެ މަޝްރޫޢެއް ފަށަން ކޮޅުފުށި ކައުންސިލުން ފަށައިފިއެވެ.

ކޮޅުފުއްޓާއި ޖެހިގެން އެއް ފަޅެއްގައި އޮންނަ މ. ދިއްތުނޑިއަކީ މީގެކުރިން މުޅިންވެސް އެކި މަސައްކަތްތަކަށް ވަރުވާއަށް ދޫކުރަމުންދިޔަ ރަށެެކެވެ.

ކޮޅުފުށީ ކައުންސިލުން ވަނީ ބިމުގެ ބޮޑުމިނުގައި 10.9 ހެކްޓަރު ހުންނަ ދިއްތުނޑީގައި އިންޓެގްރޭޓެޑް ޓޫރިޒަމް މޮޑެލްގެ ދަށުން ފަތުރުވެރިކަން ތަރައްޤީކުރަން ބީލަމަށް ހުޅުވާލާފައެވެ. ގެޒެޓުގައި މިކަމާއި ގުޅިގެން ނެރެފައިވާ އިއުލާންގައިވާ ގޮތުން ފަތުރުވެރިކަމަށް ދިއްތުނޑި ޑިޒައިންކޮށް، ތަރައްޤީކޮށް، އަދި ހިންގަންޖެހޭނީ ބިޑު ކާމިޔާބުކުރާ ފަރާތަކުންނެވެ.

އިއުލާނުގައިވާ ގޮތުން މި ރަށް ތަރައްޤީކުރުމަށް ރާއްޖޭއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ބީލަން ހުށަހެޅެޅޭނެއެވެ. އަދި އަންނަމަހުގެ 10 ވަނަ ދުވަހާއި ހަމައަށް އެކްސްޕްރެޝަން އޮފް އިންްޓްރަސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ކޮޅުފުށި ކައުންސިލުން ބުނީ މިކަމަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އަންނަމަހުގެ 16 ވަނަ ދުވަހު ބާއްވާނެކަމަށެވެ، އަދި ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ މޭމަހުގެ 10 ވަނަ ދުވަހުކަމަށް ކައުންސިލުން ބުނެއެވެ.