މިއަދު ހެނދުނު މާލެއަށް ކުރި ވިއްސާރައިގައި ބޯކޮށް ވާރޭވެހި، ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެއެވެ.
ހެނދުނު 6:30 ހާއިރު މާލެއަށް ގުގުރުމާއެކު ބޯކޮށް ވާރެވެހުމުގެ ސަަބަބުން މާފަންނާއި ހެންވޭރުގެ ބައެއް ސަރަހައްދުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އަދި މަގުމަތީގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގެއަށްވެސް ވަނީ ފެން ވަދެފައެވެ. މީގެއިތުރުން ބައެއް ސަރަހައްދުތަކުގައި ވެހިކަލްތައް ދުއްވުމަށް ދަތިވާވަރަށް ވަނީ ފެންބޮޑުވެފައެވެ.
ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން މިއަދު ހެނދުނު 08:31 ހާއިރު ފެން ހިއްކުމުގެ މަސައްކަތްފަށާފައިވާއިރު، ވެސްޓްޕާރކް، އައިޖީއެމްއެޗް، ދިރާގު ހެޑް އޮފީސް އަދި އެކުވެނި ކައިރީގައި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފްއިން ވަނީ ކުރިއަށްގެންގޮސްފައެވެ.
Heavy rain and thunderstorms are expected. pic.twitter.com/2GBvkgbh4y
— Maldives Meteorology (@MetMaldives) April 1, 2023
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މެންދުރު 12:00އާ ހަމައަށް މާލެ އަތޮޅާއި ވ.އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ވައިޓް އެލާޓްވެސް ނެރެފައެވެ.