ޚަބަރު

އެގްރޯނެޓްގެ އެމްޑީ ހާރޫން އެމްއެފްއެމްސީއަށް ބަދަލުކޮށްފި


އެގްރޯ ނޭޝަނަލް ކޯޕަރޭޝަން، އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން ހާރޫން ރަޝީދު މިއަދު ވަކިކޮށްފިއެވެ.

ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް އުފައްދާފައިވާ އެގްރޯނެޓަކީ، ސަރުކާރު ކުންފުންޏެއްކަމަށްވާ މޯލްޑިވްސް ފަންޑް މެނޭޖްމެންޓު ކޯޕަރޭޝަން، އެމްއެފްއެމްސީގެ ދަށުން ހިންގާ ކުންފުންޏެކެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަން، އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން
ހާރޫން ވަކިކުރިކަން އޭނާ ވަނީ ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހާރޫން އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރުކަމުން ވަކިކުރުމަށްފަހު ހާރޫން ވަނީ އެމްއެފްއެމްސީގެ މަޤާމަކަށް ބަދަލުކޮށްފައެވެ. ނަމަވެސް އޭނާ ހަމަޖައްސާފައިވަނީ ކޮން ވަޒީފާއަކަށްކަމެއް ހާމަކޮށްފައެެއް ނުވެއެވެ.