ޚަބަރު

ބާރަށުން ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުއްވާލައްވައިފި


ތިލަދުންމަތީ އުތުރުބުރީ ބާރަށުން ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުއްވާލައްވައިފިއެވެ.



ބާރަށު ކައުންސިލުން ވިދާޅުވީ މިއަހަރުގެ ތެރޭގައި 70 ގޯތި ދޫކުރެއްވުމަށް ކައުންސިލުން ނިންމާފައިވާ ކަމަށާއި، އެއީ ތިންހާސް އަކަފޫޓްގެ ގޯތިތަކެއް ކަމަށެވެ. މި 70 ގޯތި ދޫކުރެއްވުމަށް ހަމަޖެހިފައިވަނީ ރަށުގެ އުތުރު އަވަށުން 35 ގޯތި އަދި ދެކުނު އަވަށުން 35 ގޯތި ކަމަށް ބާރަށު ކައުންސިލުން ވިދާޅުވެއެވެ.

ގޯއްޗަށް އެދުމުގެ ފުރުޞަތު ވަނީ މާޗް މަހުގެ ސާދަވަނަ ދުވަހުގެ ނިޔަލަށް ހުޅުއްވާލައްވާފައެވެ. ގޯތި ލިބުމަށް ޖުމްލަ 13 ޝަރުތެއް ފުރިހަމަވާން ޖެހޭކަމަށްވެސް ބާރަށު ކައުންސިލުން ވިދާޅުވެއެވެ.