ޚަބަރު

މިދިޔަ 3 އަހަރު ޒަކާތު ފަންޑުން ބޭސްފަރުވާއަށް 36 މިލިއަނަށްވުރެ ގިނަ ރުފިޔާ


ވޭތުވެދިޔަ 3 އަހަރު ޒަކާތު ފަންޑުން ބޭސްފަރުވާއަށް 36 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރސް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، މެންބަރަކު ކުރެއްވި ސުވާލުގައި މަޖިލީހަށް ލިޔުމުން ހުށައެޅުއްވި ޖަވާބުގައެވެ.

ޒަކާތު ފަންޑުން ބޭސްފަރުވާއަށް ޚަރަދުކުރުމާއި ގުޅޭގޮތުން މަޖިލީހުގައި އިސްމިކް މިނިސްޓަރ ޑރ. އަޙުމަދު ޒާހިރު ޢަލީއާއި ސުވަލުކުރެއްވުމަށް ހުށައެޅުއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާޙިމް ރަޝީދުއެވެ. މި ސުވާލު ހުށައެޅުއްވީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހުއެވެ.

މެންބަރު އިސްލާމިކް މިނިސްޓަރާއި ސުވާލުކުރައްވާފައި ވަނީ، ޒަކާތު ފަންޑުން ޞިއްޙީ ދާއިރާގެ ބޭނުމަށް ނެގޭ މިންވަރާ ގުޅޭގޮތުންނެވެ. އަދި މިކަން ކުރަނީ ކޮން އުޞޫލެއްގެ ތެރެއިންކަމާއި، އަދި އެކަމަށް ޚަރަދުކުރާ މިންވަރާ ގުޅޭގޮތުންނެވެ. އަދި ވޭތުވެދިޔަ 3 އަހަރު ހިނގާފައިވާ ޚަރަދުގެ ތަފްސީލު ޙިއްސާކުރުމަށް ވަނީ އެދިފައެވެ.

މިކަމަށް ޖަވާބުދެއްވާ އިސްލާމިކް މިނިސްޓަރ ލިޔުމުން ހުށައެޅުއްވި ޖަވާބުގައި ވަނީ މިކަމަށް ވޭތުވެދިޔަ 3 އަހަރު ހޭދަކޮށްފައިވާ މިންވަރުގެ ތަފްޞީލު ހާމަަކުރައްވާފައެވެ.

އެގޮތުން 2019 ވަނަ އަހަރު 22578835 ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 2020 ވަނަ އަހަރު 6350337 ރުފިޔާ އަދި 2021 ވަނަ އަހަރު 7230499 ރުފިޔާ ޒަކާތު ފަންޑުން ޚަރަދުކޮށްފައިވާކަމަށެވެ. މިއީ 36 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.

މިނިސްޓަރ ވިދާޅުވީ، މިފައިސާ ޚަރަދުކުރަމުންދަނީ ޒަކާތުގެ ބެހެނިވެރިންނާ، އަދި ފަގީރުންނާ މިސްކީނުންނަށްކަމަށެވެ. މިއީ އެފަދަ ޚމަކަށް ޚަރަދުކުރުމުގެ މާލީ ޤާބިލުކަށް ނެތް މީހުންނަށް ދެމުން އަންނަ އެހީއެއްކަމަށެވެ.