ކުޅިވަރު

ނަޕޯލީ އެއްވަރުވެ ލީގު ހޯދުމަށް އިތުރު ހުރަސްތަކެއް


ނަޕޯލީ އަމިއްލަ ދަނޑުގައި އެއްވަރުވެ ލީގު ހޯދުމަށް ކުރަމުންދާ މަސައްކަތައް ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ. އިޓަލިއަން ސެެރީއޭގައި ނަޕޯލީއާ ފިއޮރެންޓީނާ ވާދަކުރި މެޗް ނިމުނީ އެއްލަނޑު އެއްލަނޑުން އެއްވަރުވެގެންނެވެ.

އެއްވަނައިގައިވާ ޔުވެންޓާސްއާ ޕޮއިންޓަކާ ކައިރިކޮށްލަން ލިބުނު ފުރުސަތު ނަޕޯލީއަށް ގެއްލުނުއިރު މިމެޗްގެ ދެލަނޑުވެސް ފެނިގެންދިޔައީ މެޗްގެ ވަރަށް ކުރީކޮޅުއެވެ. ފުރަތަމަ ލަނޑު ޖަހާ ފިއޮރެންޓީނާއިން ކުރިހޯދިއިރު، މިލަނޑު ހަވަނަ މިނެޓްގައި ކާމިޔާބުކޮށްދިނި މާކޮސް އެލޮންސޯއެވެ. އޭގެ މިނެޓެއް ފަހުން ނަޕޯލީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ގޮންޒާލޯ ހިގުއައިންނެވެ. 

އިޓާލިއަން ސެރީއޭގެ ތާވަލްގެ އެއްވަނައިގައި ޔުވެންޓާސްއަށް ތިން ޕޮއިންތްގެ ލީޑެއް ލިބިފައިވާއިރު، ނަޕޯލީ ދެވަނައި އޮތީ ފަންސާސް އަށް ޕޮއިންޓާއެކުއެވެ. މިމެޗް އެއްވަރުވުމުން އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބުނީ ފިއޮރެންޓީނާއަށެވެ. އެޓީމް ޗެމްޕިއަންސް ލީގު ޖާގައެއް ހޯދުމަށް ކުރާ މަސައްކަތަށް މިނަތީޖާގެ ސަބަބުން ވަނީ ކުރިއެރުން ލިބިފައެވެ. 

ތިންވަނައިގައިވާ ރޯމާއާ ހަތަރުވަނައިގައިވާ ފިއޮރެންޓީނާއަށް ލިބިފައިވަނީ ފަންސާސް ތިން ޕޮއިންޓެވެ.